އިތުބާރާއިއެކު އެޕަލް ޕްރޮޑަކްޓްސްތައް ގަތުމަށް "އަލްކީން"؛ އައިފޯން 14 ވެސް ހެޔޮ އަގުގައި ލިބޭނެ!

ޕޯސްޓަރ: އަލްކީން

އައިފޯންގެ އެންމެ ފަހުގެ މޮޑެލް ކަމަށްވާ އައިފޯން 14 އަށް "އަލްކީން" ޕޭޖު މެދުވެރިކޮށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

"އަލްކީން" ޕޭޖް ގެ މެނޭޖަރު ހުސައިން ނައުފަލް 'ވޮއިސް' އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިތުބާރާއި އެކު އެޕަލްގެ ޕްރޮޑަކްޓްސްތައް ހެޔޮ އަގުގައި އެ ޕޭޖު މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން، އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން އާއި އެހެނިހެން ޕްރޮޑަކްޓްސް ތަކަށްވެސް އޯޑަރ ދިނުމުން އެމެރިކާގައި ހުންނަ އެޕަލް ސްޓޯރުން އެ ޕްރޮޑަކްޓެއް އޯޑަރ ކުރާ ފަރާތަކާ ހަމައަށް ގެނެސްދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަލްކީން ޕޭޖް އިން އައިފޯން 14 ވިއްކާ އަގުތައް

އަލްކީން ޕޭޖު މެދުވެރިކޮށް މި އަގުތަކުގައި އައިފޯން 14 ލިބެންހުރި އިރު، ޕްރީ އޯޑަރ ކުރާތާ 45 ދުވަސް ތެރޭގައި ފޯން ލިބޭނެކަމަށް އެފަރާތުން ބުނެއެވެ. އަދި އަލްކީން އިން ކަސްޓަމަރުންނަށް އޯޑަރ ލިބޭނެ ކަމަށް ލަފާކުރާ ތާރީޚަށް އެ އޯޑަރ ފޯރުކޮށްދިނުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށްވެސް ނައުފަލް ފާހަކުރެއްވިއެވެ. މީގެ އިތުރުން އަލްކީން އިން ގަންނަ ހުރިހާ ތަކެއްޗެއް ވެސް މާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އަލްކީން ޕޭޖް މެދުވެރިކޮށް ގެންނަ އެޕަލް ޕްރޮޑަކްޓްސްތަކަކީ ސީދާ ޔޫއެސްގެ އެޕަލް ސްޓޯރުން ގަންނަ އެއްޗެހި. މިތަނުން އެ ޕްރޮޑަކްޓްސް ތައް ވިއްކާ އަގު ވަރަށް ބޮޑުތަން ހެޔޮވެސް ވާނެ. މިތަނުން އެއްވެސް ބްރޭންޑެއްގެ ފޭކް މޮޑެލްސް އަގު ހެޔޮކޮށް ގަނެގެން އަގު ބޮޑުކޮށް ނުވިއްކާނެ. އެ ޔަގީންކަން ކަސްޓަމަރުންނަށް އިންނާނެ. ހުރިހާ އެއްޗެހިވެސް އޮރިޖިނަލް ވާނެ. މިތަން ހިންގާތަ މިވީހާ ދުވަހުވެސް އެއްވެސް ކަސްޓަމަރެއްގެ ފަރާތުން ޝަކުވާއެއް އައިސްފައެއް ނުވޭ. އަދި މީގެ އިތުރުން ބޭރުން އެ ގަންނަ ޕްރޮޑަކްޓްސްތައް ކަސްޓަމައިޒް ވެސް ކޮށްލެވޭނެ. މިސާލަކަށް އެޕަލް ވޮޗް އެއް ގަތަސް ކަސްޓަމަރ ބޭނުންވާ، ބޭންޑް ކުލައާ، ސައިޒް އާއި އެއްގޮތް ބަދަލު ކޮށްލެވޭނެ. އަދި ބައެއް ޕްރޮޑަކްޓްސް ތައް ކަސްޓަމަރުން ބޭނުންވާ ގޮތަށް އެންގްރޭވް ވެސް ކޮށްގެން ގެނެވޭނެ." ތަފާތު އިލެކްޓްރޯނިކްސް ގަތުމަށް އަލްކީން ޕޭޖު ޚިޔާރު ކުރަންވީ ސަބަބުތައް ކިޔައިދެއްވަމުން ނައުފަލް ވިދާޅުވިއެވެ. 

އަލްކީން އަކީ 2019 ވަނަ އަހަރުން ފެށިގެން، މީރާގައި ރެޖިސްޓާ ކޮށްގެން ހިންގާ އަމިއްލަ ވިޔަފާރި ޕޭޖެކެވެ. ކޮވިޑާއި ގުޅިގެން އެތަނުގެ ވިޔަފާރި ދުވަސްކޮޅަކަށް މަޑުޖައްސާލުމަށްފަހު މިހާރު އަލުން އެޕަލް އައިފޯން 13 އާއި އެނޫންވެސް އިލެކްޓްރޯނިކް އެކި ސާމަނު އެތަނުން ދަނީ ވިއްކަމުންނެވެ. އެ ޕޭޖުން އެޕަލް ޕްރޮޑަކްޓްސްތަކުގެ އިތުރުން، ޗައިނާ، ދުބާއި، އެމެރިކާ ފަދަ އެކި ގައުމުތަކުން ވިއްކާ އެހެނިހެން އެކި ބާވަތްތަކުގެ ތަކެތިވެސް ހެޔޮ އަގުގައި ގެނެސްދެއެވެ. އެގޮތުން، އެގައުމު ތަކުން ގަންނަން ބޭނުންވާ އެތީގެ ނަން ނުވަތަ ވިއްކަން ހުރި ޕޭޖެއް ނުވަތަ ސައިޓެއްގެ ލިންކު ފޮނުވާލުމުން އެތަކެތި ރާއްޖެ ގެނެސް، އެ އޯޑަރު ކުރި ފަރާތަކަށް ޑެލިވާރ ކޮށްދެއެވެ. 

Advertisement

ކޮމެންޓް