Advertisement

20،000 އަށްވުރެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދައިފި: މަހްލޫފް

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް

  ދިވެހި ޒުވާނުންނަށް 20،000 އަށްވުރެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވީ، ޒުވާނުންނަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ވިޔަފާރިތަކަށް 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުތައް ދޫކޮށްފައިވާ ކަމަށާއި މި ފަދަ ކަންކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ހާސިލްވެފައިވާ ކަންކަން ކަމަށެވެ.  

  މީގެ އިތުރުން 15،000 ދަރިވަރުންނަށް ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމާއި ކުޅިވަރުގެ ރަންޒަމާން މި ސަރުކާރުގައި ފެނިފައިވާ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ، މިސަރުކާރުން މިފަދަ އެތައް ކަމެއް ދިވެހި ޒުވާނުންނަށް ފަހިކޮށްދީފައިވާ ކަމަށާއި، ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު، މިފަދަ ކަންކަމަކީ އޮތް ހިތްހަމަޖެހުމެއް ކަމަށެވެ.

  

Advertisement

ކޮމެންޓް