Advertisement

އަކުރު ޓައިޕް: ރީތި ދިވެހި ފޮންޓްތައް އެއް ޕްލެޓްފޯމަކުން

އަކުރު ޓައިޕް ވެބްސައިޓް

ދިވެހި ފޮންޓްސް އަށް ޚާއްސަ ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި 'އަކުރު ޓައިޕް' ލޯންޗުކޮށް, އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.

ދިވެހި ބަހާއި ސަގާފަތް އަދި ތަރިކަ މިނިސްޓްރީގެ އިއްޒަތްތެރި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ލޯންޗުކޮށް ދެއްވި އަކުރު ޓައިޕްގެ މަގުސަދަކީ ދިވެހި އަކުރުގެ އަގު ވަޒަން ކުރުން ކަމަށް އަކުރު ޓައިޕް އިން ބުނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވަނީ ދިވެހި ބަހަށް ލޯބި އާލާކޮށް، ބަހާއި އަދަބިއްޔާތު ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމަށް މިފަދަ ޕްލެޓްފޯމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

Advertisement

'އަކުރު ޓައިޕް'ގެ ގްރޭންޑް އޯޕަނިން އިވެންޓުގެ ތެރެއިން އެންކްރިއާ ސްޓޫޑިއޯ އިން ވަނީ 'ފިލީ ޓައިޕް ފައުންޑްރީ'ގެ ނަމުގައި އަމިއްލަ ޓައިޕް ފައުންޑަރީއެއް ވެސް ތައާރަފްކޮށްފައެވެ. 'ފިލީ ޓައިޕް ފައުންޑްރީ'ގެ ގިނަ އަދަދެއްގެ ފޮންޓްތައް މިހާރު އަކުރު ޓައިޕް މާކެޓުން ގަނެ ނުވަތަ ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

ދިވެހި ބަހުގެ ތަފާތު ތަޖުރިބާއަކަށް, ތާނަ އަކުރުގެ މުޅިން ތަފާތު ފަރުމާތަކެއް އަކުރު ޓައިޕް www.akurutype.com ލިބެން ހުރެއެވެ.

އަކުރު ޓައިޕް އިން ބުނެފައިވާ ގޮތުގައި އެއީ ހަމައެކަނި މާކެޓް ޕްލޭސްއެއް ނޫނެވެ. އެހެނެއްކަމަކު އެއީ ހުނަރުވެރި ޑިޒައިނަރުންނާއި، ލިޔުންތެރިންނާއި، ޓައިޕް ފައުންޑްރީތަކާއި، ކްރިއޭޓިވް ބްރޭންޑްތަކުން ފަރުމާކޮށްފައިވާ ދިވެހީ ފޮންޓްތައް އެއްތަންކޮށްފައިވާ މުއްސަނދި ޕްލެޓްފޯމެއް ކަމަށް އެފަރާތުން ބުނެއެވެ. އަދި މި ފޮންޓްތަކުން ދިވެހި އަކުރުގެ މުއްސަނދިކަމާއި ރީތިކަން އަދި ތާރީހާއި ސަގާފަތް ދައްކުވައިދޭނެ ކަމަށާ ކޮންމެ ފޮންޓަކީ ވެސް ދިވެހި ބަހަށް އިތުރު ޝައުގުވެރިކަން އުފައްދާނެ ފޮންޓެއް ކަމަށްވެސް ބުނެފައިވެއެވެ.

އަކުރު ޓައިޕް މާކެޓްޕްލޭސްގައި ފޮންޓް އުފައްދާ ފަރާތްތަކަށް އެމީހުންގެ ފޮންޓް ދައްކާލައި, ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަކުރު ޓައިފް ކޮންޓްރިބިއުޓަރ ޕްލެޓްފޯމް ވެސް ވަނީ ތަޢާރަފްކުރެވިފައެވެ.

ކޮންޓްރިބިއުޓަރ ޕްލެޓްފޯމްގެ ޒަމާނީ ފީޗާސްތައް ބޭނުންކޮށްގެން ދިވެހި ފޮންޓްތައް ރަނގަޅަށް މާކެޓްކޮށް ޕްރޮމޯޓްކޮށް، ޕޮޓެންޝަލް ކަސްޓަމަރުންނާ ދެމެދު ގާތް ގުޅުމެއް އުފެއްދޭނެ ކަމަށް އަކުރު ޓައިޕް އިން ބުނެއެވެ.

މިހާރު މި ޕްލެޓްފޯމް ބޭނުންކުރާ 3 ކޮންޓްރިބިއުޓަރުންނާ އެކު އަކުރު ޓައިޕް އިން ވަނީ އެހެން ހުނަރުވެރި ފޮންޓް ފަރުމާކުރާ ފަރާތްތަކަށް ވެސް އެމީހުންގެ ފޮންޓްތައް ޑިސްޓްރިބިއުޓްކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ދިވެހި ފޮންޓް މާކެޓްޕްލޭސް - 'އަކުރު ޓައިފް' ގައި ޓައިޕޮގްރަފީގެ ޝައުގުވެރި ފަންނުވެރިކަމުގެ ތެރެއިން ދިވެހި ބަހުގެ ރީތިކަން ތަޖުރިބާކޮށްލުމަށް މި ޕްލެޓްފޯމާ ގުޅިވަޑައިގެންނެވުމަށް އެދިފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement