Advertisement

ޗައިނާ ސަރުކާރުން ރާއްޖެއަށް 10 އުޅަނދު ހަދިޔާ ކުރައްވައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް އުޅަނދު ހަދިޔާ ކުރައްވަނީ --

ޗައިނާ ސަރުކާރުން ރާއްޖެއަށް 10 އުޅަނދު ހަދިޔާ ކުރައްވައިފިއެވެ.

ޗައިނާގެ ޝަންޑޮންގ ޕްރޮވިންސުގެ ފަރާތުން ހަދިޔާ ކުރެއްވި 10 އުޅަނދު ހަވާލުކުރެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް، ޕަބްލިކް ވަރކްސްގެ ފަރާތުން މި ހަދިޔަލާއި ހަވާލުވެލެއްވީ، މިނިސްޓަރ އާދަމް ޝަރީފެވެ.

އެމްބެސެޑަރ ވަންގ ލިޒިން ވިދާޅުވީ، ހަދިޔާކުރެއްވެވި އުޅަނދުތަކުގެ އެހީގައި ކުނި ނެގުމާއި އެހެނިހެންވެސް އެކިއެކި މަސައްކަތްތަކަށް ބޮޑު އެހީއެއް ލިބި، ދިވެހިރާއްޖޭގެ ރީތިކަން އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޗައިނާއާއެކު ގުޅުން ބަދަހި ކުރުމަށް މިމަހުގެ ކުރީކޮޅުވެސް މަޝްވަރާ ކުރައްވާފައިވާއިރު، މީގެ ކުރިންވެސް މި މަހުގައި، ޗައިނާ ސަރުކާރުން ވަނީ ދިވެހި ރާއްޖެއަށް އެމްބިއުލާންސްތަކެއް ހަދިޔާކުރައްވާފައެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންވާކަމަށް ޗައިނާ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް