އައިޓީބީ ޗައިނާ 2024 ގައި ބައިވެރިވުމުގެ މުއްދަތު އެމްއެމްޕީއާރުސީން އިތުރުކޮށްފި
އައިޓީބީ ޗައިނާ 2024 ގައި ބައިވެރިވުމުގެ މުއްދަތު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިތުރުކޮށްފިއެވެ.
އެމްއެމްޕީއާރުސީ އިން ބުނީ އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖެ ހޮވިފައިވާ ކަމަށާއި، ބައިވެރި ވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ކަމަށެވެ.
އެމްއެމްޕީއާރުސީން ބުނީ މި ޓްރޭޑް ފެއާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 25 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.
ޗައިނާގެ ޓްރެވަލް މާކެޓަށް ހާއްސަކޮށްގެން ބާއްވާ ލީޑިން ބީ2ބީ ޓްރޭޑް ޝޯއެއް ކަމަށްވާ އައިޓީބީ ޗައިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 27 އިން 29 އަށް، ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists