Advertisement

ކުޑަކުރަތު ރިސޯޓުން ފުރައިގެން ދަތުރުކުރަމުންދިޔަ ލޭންޑިންގ ކްރާފްޓެއްް ބަންޑުން ޖަހާލައި، އެކަކު ގެއްލިއްޖެ!

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލާފައި- ފޮޓޯ/ އެމްއެންޑީއެފް

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި އެކަކު ގެއްލިއްޖެއެވެ. 

އެމްއެންޑީއެފް އިން ބުބެފައުވާ ގޮތުން ބަންޑުން ޖަހާލީ "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެކެވެ.

އަދި އޭގެން ފަސް މީހުން ދަތުރުކުރިއިރު އެތަނުން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށާ ގެއްލިފައިވަނީ ބިދޭސީއެއް ކަމަށްވެސް ބުންޏެވެ. 

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ، މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައިވާ ކަމަށެވެ.

ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ  ކްރާފްޓް ހަކުރާ ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެމްޑީއެފް އިން މައުލޫމާތު ދެއެވެ. 

Advertisement

ކޮމެންޓް