Advertisement

ގެއްލިގެން ހޯދަމުންދިޔަ މީހާ ލޭންޑިންގ ކްރާފްޓުގެ ދަށުން ފެނިއްޖެ

ބަންޑުން ޖަހާލި ކޮޅުވެއްޓި- ފޮޓޯ/ އެމްއެންޑީއެފް

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެ (ކޮޅުވެއްޓި) ބަންޑުން ޖަހާލައިގެން އޭގެން ގެއްލުނު މީހާގެ ހަށިގަނޑު އެ ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުން ބަންޑުން ޖަހާލީ "ލިއޯ ޕާލް" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ. 

އަދި އޭގެން ފަސް މީހުން ދަތުރުކުރިއިރު އެތަނުން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށާ ގެއްލިފައިވަނީ ބިދޭސީއެއް ކަމަށްވެސް ބުންޏެވެ. 

އެ ކަމުގެ އަދާހަމަ ހާމަ ކުރަމުން ދާދި ދެންމެ އެމްއެންޑީއެފްއިން ބުނީ އެ ބިދޭސީ މީހާ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ. އަދި ފެނުނު އިރު އެ މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ، އެ މީހާގެ ހަށިގަނޑު މިހާރު ކ. ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ، މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް