އެސްޓީއޯ އިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯގެ ޕްރޮމޯޝަން-- ފޮޓޯ: އެސްޓީއޯ

އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިކަމާއި ގުޅިގެން އެސްޓީއޯއިން ބުނީ، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ގަންނަ އާއްމުކޮށް 108 ރުފިޔާ އަށް ވިއްކާ 'ޕަޔަނިއާ' ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް ޖީއެސްޓި ނުހިމަނައި 90 ރުފިޔާ އަށް ލިބިގެން ދާނެ ކަމަށެވެ.

ހަމައެއާއިއެކު، 1500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތްކަށް ވެސް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދެވޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މިޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

 މި މަހު 29 އިން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާއިރު، ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތި ބްރޭންޑު ކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް