Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ - ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިއީ ނުރަސްމީ ދަތުރުފުޅެކެވެ. ނަމަވެސް އިތުރު ތަފްސީލް ނުދެއްވައެވެ.

ދާދިފަހުންވެސް ރައީސްގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. 

އެގޮތުން އެމަނިކުފާނު ފުރާވަޑައިގެންނެވީ މާރިޗު 21 ވަނަ ދުވަހު ރޭގައެވެ. އަދި ރާއްޖެ ވަޑައިގެންނެވީ މާރިޗު 23 ވަނަ ދުވަހުގެ ރޭގައެވެ. އެއީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ކުރެއްވި ފުރަތަމަ ނުރަސްމީ ދަތުރުފުޅެވެ. 

Advertisement

ކޮމެންޓް