Advertisement

އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓަށް ރައީސްގެ މަންދޫބަކަށް ވަޒީރު ޑރ.ޝަހީމް

ރައީސްޑރ.މުޢިއްޒު އަދި ވަޒީރު ޑރ.ޝަހީމް-- ފޮޓޯ: ރައީސް އޮފީސް

އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، މާދަމާ ފެށުމަށް ހަޖެހިފައިވާ އޯ.އައި.ސީ. ސަމިޓުގައި ވަޒީރު ޝަހީމް ތަގުތީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި، އެބޭފުޅާ ދެއްވާ ތަޤުރީރު ޓީވީ އިން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކުރުމާއި ސިޔާސަތުތައް ކަނޑައެޅުމާއި އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. 

މި އަހަރުގެ ސަމިޓްގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" ކަމަށްވާއިރު، މި ސަމިޓް ކުރިއަށްދާނީ މި ހިނގާ މޭ މަހުގެ 4-5 އަށެވެ.

Advertisement

ކޮމެންޓް