Advertisement

ޓީ ޖެޓީ ސަރަހައްދަށް ކުނި އަޅަމުންދާ ފަރާތެއް ހޯދާ ޖޫރިމަަނާ ކޮށްފި

ޓީ ޖެޓީ ސަރަހައްދަށް ކުނި އެޅުމާއި ގުޅިގެން ޖޫރިމަނާ ކުރެވުނު ފަރާތް-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ ޓީ ޖެޓީ ސަރަހައްދަށް ކުނި އަޅަމުންދާ ފަރާތެއް ހޯދާ ޖޫރިމަނާ ކޮށްފިއެވެ.

ޖޫރިމަނާ ކުރި މީހާގެ ފޮޓޯ އާއި އެ މީހާ ދެކުނު ފަރާތު ޓީ ޖެޓީ ސަރަހައްދަށް އަޅާފައިވާ ކުނިތަކާއި އެ މީހާ ޖޫރިމަނާ ކޮށްފައިވާ ފުލުހުންގެ ސްލިޕް މާލެ ސިޓި ކައުންސިލުން އާއްމުކޮށްފައިވީ ނަމަވެސް އެމީހާގެ އާއްމު މައުލޫމާތާއި ޖޫރިމަނާ ކޮށްފައިވާ އަދަދެއް ސާފެއް ނުވެއެވެ.

މި މީހާގެ އިތުރުންވެސް މާލެ ސިޓީ ކައުންސިލުން މާލެ ސާފުކޮށް ބޭއްވުމަށްޓަކައި ގަވާއިދާއި ހިލާފަށް ކުނި އަޅަމުންދާ ފަރާތްތައް ޖޫރިމަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ވަނީ ފުލުހުންނާއިވެސް ހަވާލުކޮށްފައެވެ. މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ، ފުލުހުންނާއި އިމިގްރޭޝަނާއި ގުޅިގެން އެމީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމައެއާއިއެކު،މާލެ ސަރަހައްދު ސާފުކޮށް ބޭއްވުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ދަނީ މާލޭގެ ގިނަ ސަރަހައްދުތަކުން ކުނި ނަގާ ސާފު ކުރަމުން ދާއިރު، މާލޭގެ މަގުމައްޗަށް ކުނި އަޅާ ނަމަ، 500ރ. އިން ޖޫރިމަނާ ކުރާއިރު، އެ ކައުންސިލުން ދަނީ މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުން ލައްވާ ކުނި ނަގުވަމުންނެވެ.

Advertisement

ކޮމެންޓް