Advertisement

ވެމްކޯއިން ފޮޅާ ސާފުކުރުމުގެ ހިދުމަތްދޭން ތައްޔާރުވަނީ

ވެމްކޯ ގެ މުއައްޒަފުންތަކެއް-- ފޮޓޯ: ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިދުމަތްތަކުގެ ތެރެއަށް ފޮޅާ ސާފު ކުރުން އިތުރުކޮށް އެ ހިދުމަތް ދިނުމަށް ނިންމައި،އެކަމަށް ތައްޔާރުވާން ފަށައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ވެމްކޯއިން ބުނީ ފޮޅާ ސާފުކުރުމުގެ ހިދުމަތް ފުރަތަމަ ދޭން ނިންމާފައިވަނީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ކަމަށާއި އެ ހިދުމަތަށް ޑިމާންޑް އޮތް ނަމަ އެ ކުންފުނިން އިތުރަށް އެ ހިދުމަތް ފުޅާ ކުރާނެ ކަމަށެވެ.

ވެމްކޯއިން މި ހިދުމަތް ދިނުމަށް ނިންމާފައިވާއިރު، އެކުންފުނިން ކުރިއަށް އޮތް 2 ހަފްތާތެރޭގައި ކުޅުދުއްފުށި ސިޓީ އާއި ދެކުނުގެ ތިނަދޫ ސިޓީގައި ކުނި މެނޭޖް ކުރަން ފެށުމަށް ހަމަޖެހިފައިވާއިރު، ދެ ރަށުގެ ކުނި މެނޭޖް ކުރުމަށް ކުނި ނަގަން ރަޖިސްޓްރީ ކުރުމާއި ވޭސްޓް ކަލެކްޝަން ސެންޓަރު ތައްޔާރުކޮށް ވެހިކަލްތައް ފޮނުވުމާއި މުވައްޒަފުން ވެސް ވަނީ ތަމްރީން ކުރަން ފަށާފައެވެ.

މާލެ ސިޓީގެ އިތުރުން ވެމްކޯ އިން ރާއްޖޭގެ އަށް ސަރަހައްދެއްގައި ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދެމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް