Advertisement

ޔާޔާ ނަބީލް ހައްޔަރު ކޮށްފި

ފުލުހުންގެ މައި އިދާރާ: ފޮޓޯ/ ވޮއިސް

މުހައްމަދު ނަބީލް (ޔާޔާ ނަބީލް) މީސް މީޑިއާގެ އަންހެން ހެދުން އަޅައިގެން ނިވާކަން ކުޑަ ވީޑިއޯ އާއްމު ކުރަމުންދާ މައްސަލާގައި އަނެއްކާވެސް އޭނާ ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާއްމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފަށް  ނިވާކަންކުޑަ އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުންދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. 

މީސްމީޑިއާގައި އަންހެން ފޭރާން އަޅައިގެން ނިވާކަންކުޑަ ކޮށް އުޅޭ މައްސަލާގައި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޔާޔާ ނަބީލް ބަންދުކުރެވުނެވެ. 

އެގޮތުން އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައިގައެވެ. އެފަހަރު ދައުލަތުން ޔާޔާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. 

އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ޖަލަށް ލާންވެސް ހުކުމް ކުރެވުނެވެ. ހުކުމް ތަންފީޒުވެ ނިމުމުން އޭނާ ވަނީ މިނިވަން ވެފައެވެ. 

Advertisement

ކޮމެންޓް