Advertisement

މިއަދު ބޭއްވި ބައި-އިލެކްޝަނުން 4 ގޮނޑި ޕީއެންސީއަށް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ތެރެއިން - ފޮޓޯ: ވޮއިސް

މިއަދު ކުރިއަށް ގެންދިޔަ 6 ކައުންސިލެއްގެ ބައި-އިލެކްޝަންގެ ތެރެއިން 4 ގޮނޑި ޕީއެންސީއިން ކާމިކާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވާފައިވަނީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމުގެ އިންތިޚާބާއި، ހއ.އުތީމު، ނ.ވެލިދޫ އަދި ނ.ލަންދޫގެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމުގެ އިންތިޚާބު އަދި ހއ.ތަކަންދޫ އާއި ރ.އިންނަމާދޫގެ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމުގެ އިންތިޚާބެވެ.

މި 6 އިންތިޚާބުގައި ޕީއެންސީއިން ވަނީ 4 ގޮނޑި ކާމިޔާބު ކޮށްފައެވެ. ބާކީ ދެގޮނޑިން އެއް ގޮނޑި އެމްޑީޕީއިން ކާމިޔާބު ކުރި އިރު ދަ ޑިމޮކްރެޓްސް އިން ވަނީ ފުރަތަމަ ފަހަރަށް އިންތިޚާބެއް ކާމިޔާބުކޮށް ގޮނޑިއެއް ހޯދާފައެވެ.

މ. މަޑުއްވަރީ ކައުންސިލްގެ ގޮނޑި ޑިމޮކްރެޓްސްގެ މުޙައްމަދު އާސިމް އަލީ (ޓޮޓީ) ކާމިޔާބު ކުރައްވާފައިވަނީ ސަރުކާރުގެ ކޮންގްރެސް ޕާޓީގެ އަބްދުالله އަލީއާ ވާދަކުރައްވާ 50 ވޯޓުގެ ތަފާތަކުންނެވެ. 

ހއ. އުތީމު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު އައުފާ ވާދަކޮށް އެންމެ 5 ވޯޓުގެ ތަފާތުން ކޮންގްރެސްގެ އިބްރާހީމް ސުނާނެވެ. 

ނ. ވެލިދޫ ކައުންސިލުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓު އައިމިނަތު ޝިފާޒާއާ ވާދަކުރައްވާ 100 ވޯޓުގެ ތަފާތާއެކު ކޮންގްރެސް ޕާޓީގެ އަބްދުالله އަބްދުއްރައްޒާޤެވެ.

ނ. ލަންދޫ ކައުންސިލުގެ ގޮނޑި 303 ވޯޓާއެކު ކާމިޔާބު ކުރީ އެމްޑީޕީން ވާދަކުރި ކެނޑިޑޭޓު އަބްދުالله އާރިފެވެ. އާރިފު އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ކޮންގްރެސްގެ ކެނޑިޑޭޓް މުޙައްމަދު ޝުޖާއުއާ ވާދަކޮށްގެންނެވެ. މި އިންތިޚާބުގައި ޝުޖާއު އަށް ލިބުނީ 271 ވޯޓެވެ.

ކައުންސިލްގައި އަންހެނުނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން، ތަކަންދޫގެ ކައުންސިލަށް އިންތިހާބުވެފައި ވަނީ ޕީއެންސީގެ ސަމީނާ މުހައްމަދެވެ. އަދި އިންނަމާދޫގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ މެމްބަރު އައިޝަތު ސަމާހާ އެވެ.

Advertisement

ކޮމެންޓް