Advertisement

އިންޑަސްޓްރިއަލް ވިލެޖަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނީ

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިިން - ފޮޓޯ: ވެމްކޯ

މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ޤަވާއިދާ ޚިލާފަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ބުނެފައިވަނީ، ޤަވާއިދާ ޚިލާފަށް ތަންތަނަށް ކުނިއަޅާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް ހިންގާ އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެމްކޯ އިން ވަނީ އިލްތިމާޒު ކުރައްވާފައެވެ.

ވެމްކޯއިން މިހެން ބުނެފައިވަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ކުނި ގިނަވެ، އެތަން ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށާފައިވަނިކޮށެވެ. 

މާލޭ އިންޑަސްޓްރިއަލް އިންޑަސްޓްރިއަލް ވިލެޖް ސާފުކުރަމުން ދަނީ، މާލޭ ސިޓީ ކައުންސިލާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) އަދި، ދިވެހި ފުލުހުންގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ގުޅިގެންނެވެ.

އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް ފެށްޓެވުމަށް ފަހު ވެމްކޯއިން ވަނީ މިއީ ނުވަ މަސްދުވަހުގެ ތެރޭގައި އެތަން ސާފުކުރަން ޖެހުނު 3 ވަނަ ފަހަރުކަން ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް