Advertisement

މޯލްޑިވިއަން އިން މި މަހު ޓްރިވެންޑްރަމްއާއި ކޮޗިން އަށް ކުރާ ދަތުރުތައް އިތުރުކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް-- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަން އިން މި މަހު ޓްރިވެންޑްރަމްއާއި ކޮޗިން އަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަން އިން ހާމަ ކުރެއްވި ގޮތުގައި އިންޑިޔާގެ ޓްރިވެންޑްރަމްއާއި ކޮޗިންއަށް މި މޭ މަހު ތިން ދަތުރު އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން މޯލްޑިވިއަންއިން ޓްރެވިންޑްރަމް އަށް ފްލައިޓުތައް އިތުރުކޮށްފައި ވަނީ މޭއި 06، 10، އަދި 20 ގަައި ދަތުރުތައް ކުރާގޮތަށެވެ. މި ދުވަސްތަކުގައި މާލެއިން ޓްރެވިންޑްރަމަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ރޭގަނޑު 19:35 ގައެވެ. އަދި އަށް ޓްރެވިންޑްރަމްއިން މާލެއަށް ދަތުރު ހަމަޖެހިފައިވަނީ 22:30 އަށެވެ.

މޯލްޑިވިއަންއިން ކޮޗިނަށް ދަތުރުތައް އިތުރުކޮށްފައި ވަނީ މޭއި 08، 17، 21 ގައި ދަތުރު ކުރުމަށެވެ. މީގެ އިތުރުން އަންނަ ޖޫން މަހު 19 ގައި ދަތުރުކުރުމަށްވެސް މޯލްޑިވިއަންއިން ވަނީ ދަތުރެއް އިތުރުކޮށްފައެވެ. މިދަތުރުތަކަށްވެސް މާލެއިން ކޮޗިންއަށް ފުރަން ހަމަޖެހިފައިވަނީ ރޭގަނޑު 19:35 ގައެވެ. އަދި ކޮޗިނުން މާލެއަށް އަންނަން ހަމަޖެހިފައިވަނީ 22:35 އެވެ.

މޯލްޑިވިއަން އިން މި ދަތުރުތައް އިތުރުކޮށްފައިވަނީ އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށެވެ. މީގެ އިތުރުން ޗުއްޓީ ދުވަސްތަކާއި ދިމާކޮށް ޑިމާންޑް ބޮޑުވެ، މޯލްޑިވިއަންއިން ވަނީ އަތޮޅު ތެރެއަށް ވެސް ބައެއް ދަތުރުތައް އިތުރުކޮށްފަ އެވެ.

Advertisement

ކޮމެންޓް