Advertisement

އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އެކްސަސައިޒް "ބްލެކް މަރލިން" ފަށައިފި

އެމެރިކާ ސިފައިންނާ، އެމްއެންޑީއެފުން ގުޅިގެން ބާއްވާ އެކްސަސައިޒް، ބްލެކް މަރލިން، ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އެމްއެންޑީއެފް

އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 4 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.

މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރެއްވި ގޮތުގައި އެމެރިކާ ސިފައިންނާ ގުޅިގެން ބާއްވާ އެކްސަސައިޒް، ބްލެކް މަރލިން، ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކްވެސް ވަނީ ބައިވެރިވެލައްވާ ރިމާކްސް ހުށަހަޅުއްވައި ދެއްވާފައެވެ.

އަދި އެމެރިކާއިންއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިއުގޯ ޔޮންއާގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡް އަދި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި އެކްސަސައިޒް ކުރިއަށް ގެންދަން ތާވަލުކޮށްފައިވަނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

ކޮމެންޓް