ޕެނަލްޓީގައި މީދުއްޕަރު ބަލިކޮށް ސެމީގެ ފަހު ޖާގަ ޖޯލިން ހޯދައިފި

06 May 2024 | 00:09
ޕެނަލްޓީގައި މިދުއްޕަރު ބަލިކުރުމަށްފަހު ޖޯލި ބީއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ

"ރާބަދި ޗެލެންޖް 2024" ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ޖޯލި ބީއިންގ މީދުއްޕަރު ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖައަކުން މޮޅުވެ ޖޯލިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޖޯލި ބީއިންގ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު، އެއްމެޗުން ވަނީ ބަލިވެފައެވެ.

މީދުއްޕަރު ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ، އެއްމެޗުން އެވަރުވިއިރު، އަނެއް މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

Advertisement

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު 2-0 ގެ ނަތީޖާއަކުން ޖޯލި ބީއިންގ ކުރީގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގައި މީދުއްޕަރުން ވަނީ ފަހަތުން އަރައި ދެލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމައްޓަކައި ޖެހި ޕެނަލްޓީގައި ޖޯލި ބީއިންގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އެޓީމުން ކާމިޔާބުކުރުއިރު، މީދުއްޕަރުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.

މީގެ އިތުރުން މިމެޗުގައި ޖޯލި ބީއިންގެ މުހައްމަދު ސަމްމާހު އަދި އިރުފާން މުހައްމަދު މިއިން ކޮންމެ ކުލުންތެރިއެއް އެއްލަނޑު ކާމިޔާބުކުރިއިރު، މީދުއްޕަރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ނާޖިހު ޖަމީލު އަދި އަހުމަދު އާސިފް އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޖޯލި ބީއިންގެ ކީޕަރު މުހައްމަދު މައީޝް އެވެ.

މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަ ރިސޯޓް ފުޓްސަލް ޗެލެންޖުގައި މިއަހަރުގެ 14 ޓީމެއް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 14 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައްނިމުނުއިރު، ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ ޖޯލި ބީއިންގެ އިތުރުން ކޯރާ ކޯރާ، ކުޑަފުށި އަދި ދިގަލި މޯލްޑިވްސް އެވެ.

Advertisement

ކޮމެންޓް