Advertisement

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ވީޑިޔޯކޮށް، ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށްގެން ނުވާނެ: ރައީސް މުޢިއްޒު

ރައީސް ޑރ މުހައްމަދު މުޢިއްޒު: ފޮޓޯ/ ޕީއެންސީ ަ

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވާ ކަމަށެވެސް ވިދާޅުވިއެވެ.

ކަންމިހެން ހުރިއިރު، ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި ސަރުކާރުން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން! ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ! ‏އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ހޯމް މިނިސްޓަރުގެ ކާރު ކޮޅުގައި މީހެއްގެ ޕިކަޕެއް ޖެހުމާއި ގުޅިގެން، އެ މައްސަލަ ފުލުހަށް ހުށަހެޅުމަށް އިމްރާން މަސައްކަތް ކުރެއްވުމުން އެހެން އެކަން ނުކުރެއްވުމަށް އެދި ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އިންތިޚާބީ މެންބަރު އިއްމު އެދި ލައްވައި، އެކަމާއި ގުޅޭ ވީޑިއޯއެއް އިމްރާން އާއްމު ކުރުމާއި ގުޅިގެން އާއްމުންގެ ޚިޔާލު އެ މައްސަލާގައި ދެކަފިވެފައިވާ ދަނޑިވަޅެއްގައެވެ.  

އެކްސިޑެންޓްވީ ޕިކަޕު ދުއްވި ޑްރައިވަރަށް މާފު ދިނުމަށް އެދި އިންމަ ވާހަކަ ދައްކަވަނީ

އެކްސިޑެންޓް ހިނގީ އުމުރުން ދުވަސްވީ މީހަކު ދުއްވި ޕިކަޕަކުން ޖެހި އެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅަން އިމްރާން މަސައްކަތް ކުރެއްވުމުން އެ މައްސަލަ އެކަން ހައްލު ކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ވަނީ ޕިކަޕު ދުއްވި މީހާއަށް މާފުކޮށް ދެއްވުމަށް އެދި މާފުކޮށް ނުދެއްވާނަމަ ކާރަށް ލިބުުނު ގެއްލުމަށް އޭނާ ޒިންމާ ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ. 

އެ މައްސަލާގައި އަދާލަތުން ނެރުނު ބަޔާނެއްގައިވެސް ވަނީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ގާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރަކު ހުރަސް އެޅި ކަމަށް ބުނެ ފާޑުކިިޔާފައެވެ. އަދި އެފަދައިން ވީޑިއޯ ކުރީ އެޕާޓީގެ ރައީސް. އިމްރާން ފަލީހަތް ކުރުމަށް ކަމަށްވެސް ބުންޏެވެ. 

Advertisement

ކޮމެންޓް