Advertisement

އަތޮޅު ތެރެއިން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދި 700 އަށް ވުރެ ގިނަ ފޯމު!

ސްކޫލް ކުއްޖެއް-- ފޮޓޯ: ވޮއިސް

އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދި މިހާތަނަށް 700 އަށް ވުރެ ގިނަ ފޯމު ލިބިފައިވާކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ތައުލީމާއި ބެހޭ ވުޒާރާއިން އެކްސްގައި އާއްމު ކުރި ދިރާސީ އާ އަހަރަށް މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯނު ހުށައަޅާފައިވާ ގޮތުގެ އަދާހަމައިގައި ވާ ގޮތުން އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދި ޖުމްލަ 790 ފޯމެއް ވަނީ ހުށައަޅާފައެވެ.

މާލޭގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް އަލަށް ވަންނަން ބޭނުންވާ ކުދިންނާއި މާލޭގެ އެކި ސްކޫލްތައް ބަދަލު ކުރަން ބޭނުން ކުދިން ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

އޭގެ ތެރެއިން މާލޭގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް އަލަށް ވެއްދުމަށް 2290 ފޯމު ލިބިފައިވާއިރު، ގްރޭޑް 1 ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމު ވަނީ ހުށައަޅާފައެވެ. މީގެ އިތުރުންވެސް މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ވަންނަން 660 ކުދިންގެ ފޯމު ލިބިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 ކަމަށާއި އެ ސުންގަޑީގެ ކުރިން ހުށަހަޅާ ފޯމުތަކަށް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ޖަވާބު ދޭނެ ކަމަށެވެ.

 އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ކިޔެވުން ނިމެނީ މާޗު 6 ގައި ކަމަށްވާއިރު މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ވަނީ ކަނޑައަޅާފައެވެ.

Advertisement

ކޮމެންޓް
ރާއްޖެތެރެމީހާ
މިކަމުން އެނގިގެންދަނީ ރާއްޖެތެރެ ސުކޫލު ފެންވަރުދައްކަން ސަރުކާރުން އެބަޖެހޭ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި ސުކޫލު ރަނގަޅު ފެންވަރުގައި ކިޔެވޭނެ ގޮތެއް ހޯދައިދޭން
06 May 2024
ހިނި
ހީވަނީ ފުލެޓް ޔަގީން މީހުންހެން
07 May 2024