އުރީދޫއިން ރާއްޖޭގެ އެންމެ ފުރަތަމަ ޑިޖިޓަލް އައިލެންޑަކަށް ނ. ލަންދޫ ހަމަޖައްސައިފި

ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެންމެ ފުރަތަމަ ޑިޖިޓަލް އައިލެންޑުގެ ގޮތުގައި ނ.ލަންދޫ ހަމަޖައްސައިފިއެވެ.

އުރީދޫން މިއަދު ބުނީ ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފުތިތާހުކުރުމާއެކު އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބޮޅެއް އިތުރުވީ ކަމަށެވެ.

އަދި މި މަސައްކަތަކީ އުރީދޫއިން މުޅި ރާއްޖޭ އެއްކޮށް ޑިޖިޓަލް މޯލްޑިވްސް އަކަށް ހަދައި ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ. 

Advertisement

އުރީދޫން ބުނީ ލަންދޫ ކައުންސިލާ ގުޅިގެން އެ ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އެ ކުންފުނީގެ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ސިއްހީ ދާއިރާ, ތައުލީމީ ދާއިރާ އަދި ވިޔަފާރިފަދަ ދާއިރާތައް ކުރިއަރުވައި އެ ދާއިރާތައް ކުރިއަރުވަން އިތުރު މަގުތައް ފަހިކޮށްދިނުން ކަމަށްވެސް ބުނެފައިވެއެވެ. 

"އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ނ. ލަންދޫ ކަނޑައެޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް-ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ އަށްޑިހަ އިންސައްތަ އަކީ ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތަކެކެވެ." 

އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ހަމާދީ

މިކަމާއި ގުޅިގެން ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. "

ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް ޢާންމު ޚިދްމަތްތަކާއި، މުޅި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ޓަކައި، އަޅުގަނޑުމެންގެ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް. އުރީދޫ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކޮށްގެން، ލަންދޫގެ ރައްޔިތުންނަށް އިތުރު ފައިދާއެއް ކުރާނެ އާ ޒަމާނުގެ ޑިޖިޓަލް ސޮލިއުޝަންތަކެއް ތައާރަފްކުރެވޭނެ ކަމަށް އުންމީދު ކުރަން"

ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު 

އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެ ކަން އެކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

Advertisement

ކޮމެންޓް