Advertisement

ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމިއޮންނާނެ: ޝާހިދު

27 Jul 2020 | 18:11

ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމިއޮންނާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޗައިނާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންގެ ފަރާތުން ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދެކޮޅަށް ކުރި މަސައްކަތުގައި ލިބުނު އެހީތެރިކަން، ދިވެހި ސަރުކާރާއި ރައްޔިތުން ޝުކުރުވެެރިކަމާއި އެކު ބަލައިގަންނަ ކަމަށެވެ. ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދީ އަދި ބައިލޭޓްރަލް ތަރައްގީގެ މުހިންމު ބައިވެރިއެެއްގެ ގޮތުގައި ޗައިނާ ދެމި އޮންނާނެ ކަމަށާއި، ދެގައުމުގެ ސަރުކާރާއި ރައްޔިތުންގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށެވެ.

އަދި ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަށް ގެންދިއުމަށް މި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތައްޔާރަށް ހުންނެވިކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ވަނީ ޗައިނާގެ އެހީގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކުން ދިވެހިރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކޮށްފައިވާކަމަށް ފާހަގަކުރައްވާފައެވެ. މީގެ މިސާލެއްގެ ގޮތުން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނަަންގަވާ ޝާހިދު ވަނީ އެއީ ދެގައުމުގެ މެދުގައިވާ އެކުވެރިކަމުގެ ރަމްޒެއްކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް