އިންތިހާބީ ރައީސް ހުވާ ކުރައްވާ ޖަލްސާ ރައީސް ޔާމިން ބައިވެރިއެއް ނުވާނެ

21 Nov 2018 | 00:23

މިއަދު ހަވީރު ހަތަރެއް ޖަހާއިރު ގަލޮޅު ބޯޅަދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރި ވަޑައި ނުގަންނަވާނެކަން އެމަނިކުފާނުގެ ސްޕޯކްޕާރސްން އިބްރާހިމް މުއާޒު އަލީ ޓްވިޓާގައި އިއުލާން ކުރައްވާއިފިއެވެ.

މުއާޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިގޮތައް ނިންެމެވީ މިއަދާ ހަމައަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ބަޑު ހައްގެއް ގެއްލި، އިންސާފް ނުލިބިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާތީ އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ އެތައް ހާސް ސަޕޯޓަރުންގެ އެދިލެއްވުމަށް އިހުތިރާމް ކުރެއްވުމަށްކަމަށެވެ.


ނަމަވެސް މިޓްވީޓްގައި ރައީސް ޔާމިން އެވިދާޅުވާ ގެއްލިފައިވާ ހައްގަކީ ކޮބައިކަމެއް ސާފު ކޮއްދެއްވާ ފައެއް ނުވެއެވެ.

އިންތިހާބް ނިމި ނަތީޖާ އިއުލާންކުރުމުން، އިންތިހާބުގެ ވޯޓް އޮޅުވާލިކަމަށް ބުނެ އިންތިހާބު ބާތިލްކޮށް ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި އިންތިހާބު ބާތިލްކުރަން ޖެހޭފަދަ ކަމެއް ނެތްކަމަށް ސްޕްރީމް ކޯޓުންވަނީ ކަނޑައަޅުއްވާފައެވެ.


Advertisement

ކޮމެންޓް