އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ކުޅު ޖަހައިފިކަމަށް ބުނެފި

29 Jul 2020 | 01:04

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ރޭ މާލޭގެ މަގުމަތީގައި ބޭއްވި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ކުޅު ޖަހައިފިކަމަށް ބުނެފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން އަމަން ބަލަހައްޓަމުންދިޔަ ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއެއް ނުވަތަ ބައިވެރިންތަކެއް ކުޅު ޖަހާފައިވާ ކަމަށެވެ. މިއާއި އެކު އެ ފުލުހުންގެ ހައްޕުނޑު ކުޅު ޖަހާފައިވާ ފޮޓޯއެއް ހަމީދު ވަނީ ޓްވީޓްކުރައްވާފައެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މިވަގުތު ގައުމު މިއޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި، އެގޮތުން މިއަދަކީ އެންމެ ގިނަ އަދަދެއްގެ ދިވެހިން ޕޮޒިޓިވްވި ދުވަސް ކަމަށެވެ. 

ސީޕީ ހަމީދު ވަނީ މި ނާތަހުޒީބު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. ފުލުހުންގެ ކުޅު ޖެހި މައްސަލަ ގިނަބަޔަކު ދަނީ ކުށްވެރިކުރަމުންނެވެ.

Advertisement

ކޮމެންޓް