ކޮވިޑް-19 އަށް މިއަދު 215 މީހުން ޕޮޒިޓިވްވެއްޖެ!

03 Aug 2020 | 03:07

ކޮވިޑް-19 އަށް ދިވެހިރާއްޖެއިން މިއަދު 215 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިއީ މިހާތަނަށް އެއް ދުވަހެއްގައި މި ބައްޔަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މި ބައްޔަށް ދިވެހިރާއްޖެއިން މުޅިން އަލަށް 215 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އޭގެ ތެރޭގައި 149 ދިވެހިން، 54 ބަންގްލަދޭޝްގެ ރައްޔިތުން، 7 އިންޑިޔާގެ ރައްޔިތުން، 2 ސްރީލަންކާގެ ރައްޔިތުން، 2 ނޭޕާލްގެ ރައްޔިތުން އަދި އިންޑޮނީޝިޔާގެ ރައްޔިތަކު ހިމެނެއެވެ. މިއާއި އެކު މި ބައްޔަށް ދިވެހިރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 4164 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ.

މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބަލާފައިވަނީ 1489 ކޭހެވެ. މި ބަލިން މިހާތަނަށް 2643 މީހުން ވަނީ ރަނގަޅު ވެފައެވެ.

Advertisement

ކޮމެންޓް