Advertisement

ކޮވިޑް-19 ބަލީގައި ދިވެހިރާއްޖެއިން 18 ވަނަ މީހަކު ނިޔާވެއްޖެ

03 Aug 2020 | 06:43

ކޮވިޑް-19 ބަލީގައި ދިވެހިރާއްޖެއިން 18 ވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި މިރޭ 20:57 ހާއިރު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ރާއްޖެ އިން ކޯވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިޔާވި ދެވަނަ މީހާ ކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ރެކޯޑް އަދަދަކަށް އެ ބަލި ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 215 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރޭގައި 149 ދިވެހިން ހިމެނެއެވެ.

Advertisement

ކޮމެންޓް