ކަރަންޓީން ފެސިލިޓީތައް އަދި ނުފުރޭ: ހެލްތު މިނިސްޓްރީ

03 Aug 2020 | 13:02

ކޮވިޑް-19 އާއި ގުޅިގެން ހަމަޖައްސާފައިވާ ކަރަންޓީން ފެސިލިޓީތައް ފުރިފައިވާކަމަށް ދެކެވޭ ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ޕޭޝަންޓުން ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކުރުން ލަސްވެފައިވަނީ ޕޮޒިޓިވް ކޭސްތައް ގިނަވެ، އެ ފެސިލިޓީތައް ފުރިފައިވުމުން ކަމަށްބުނެ މީސް މީޑިޔާގައި ޕޯސްޓްތައް ދަނީ ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން މީޑިޔާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ އިންފޮރމޭޝަން އޮފިސަރ މުހައްމަދު ހަސީން ވިދާޅުވީ އެ ފެސިލިޓީގައި އެނދުތައް އެބަހުރި ކަމަށެވެ. ނަމަވެސް މިހާރު ކޭސްތައް ފެންނަ މިންވަރު އިތުރުވުމުން ފެސިލިޓީތަކަށް މީހުން ބަދަލުކުރުމުގައި ލަސްކަމެއް ދިމާވެދާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ފެސިލިޓީތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހަސީން ވިދާޅުވިއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް