ވުޖޫދުގައި ނެތްކަމަށް ބުނި 2500 ފްލެޓް މި ސަރުކާރުން 1700 މަދުކޮށްފައިވާކަމަށް ސަރުކާރުން އިއުތިރާފްވެއްޖެ!

06 Aug 2020 | 09:41

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން 9517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި ކަމަށާއި އެކަމަކު އޭގެ ތެރޭގައި 2500 ފްލެޓު ވުޖޫދުގައި ވެސް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ފްލެޓް ކޮމިޓީން ވިދާޅުވެފައިވަނިކޮށް، މި ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން އިން 2500 ފްލެޓް މި ސަރުކާރުން ބަދަލުކޮށްފައިވާކަމަށް ފުރަތަމަ ފަހަރަށް އިއުތިރާފްވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި އުފައްދާފައިވާ ފްލެޓް ކޮމިޓީގެ ވަނީ ހިޔާގެ 2500ގެ ފްލެޓް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެފައެވެ.

"...އަދި ވުޖޫދުގައި ނެތް 2،500 ފްލެޓް އެވޯޑް ކުރާނެ ކަމުގެ ލިސްޓްތައް އާއްކޮށްފައިވާ ކަން އަޅުގަނޑުމެންނަށް ލިބުނު ލިއުންތަކުން ސާފުވާން އެބައޮތް،" ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ޖުލައި 15 ވަނަ ދުވަހު މަޖިލީހުގެ ޤައުމީ ތަރައްޤީއައި ބެހޭ ކޮމިޓީގައި ވިދާޅުވި އެވެ.

ތޯހާ މިހެން ވިދާޅުވިނަމަވެސް 2500 ފްލެޓްގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލު ކުރީ ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުނިން މިމަސައްކަތުގެ އީ.އައި.އޭ ރިޕޯޓުވެސް ނިންމާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ ޝާއިރުކޮށްފައެވެ. އެހެންނަމަވެސް މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2500 ފްލެޓްގެ ޑިޒައިނާއި ސްކޯޕަށް 2019 ވަނަ އަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މިހާތަނަށްވެސް ސަރުކަރުން ވަނީ 2500 ފްލެޓް ނެތް އެއްޗެއްކަމަށް ދައްކަން މަސައްކަތްކުރަމުންނެވެ.

ނަމަވެސް މި މައްސަލާގައި ސަރުކާރުން ފުރަތަމަ ފަހަރަށް މިވަނީ 2500 ފްލެޓް މި ސަރުކާރުން ބަދަލުކޮށް ފްލެޓް އަދަދު މަދުކޮށްފައިވާކަން ހާމަކޮށްފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ކޮމިއުނިކޭޝަން މެނޭޖަރ އައިސަތު ނިހާ އަވަސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަނީ 2500 ފްލެޓްގެ އެއްބަސްވުމުގައި ކުރީ ސަރުކާރުން ކޮއިކުރުމަށްފަހު މި ސަރުކާރަށް ޓްރާންސްފާރ ވުމަށްފަހު ބޮޑެތި ބަދަލުތަކެއް ގެނެސް ފްލެޓްގެ އަދަދު 1700 މަދުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

މިއީ އެޗްޑީސީއާއެކު މީގެ ކުރިން ވެފައި އޮތް އެއްބަސްވުމެއް، އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އަޅުގަނޑުމެންނަށް ޓްރާންސްފާވެފައި މި ވަނީ. ފުރަތަމަ އިންނާނީ 2500 ޔުނިޓު. ދެން އޭރުގަ ފްލޯ އޭރިއާއަށް ޗެކްކޮށް ހަދާފަ ކުޑަ ބަދަލެއް ގެނެސްފަ އެ ވަނީ. ފްލޯ ސްޕޭސް ބޮޑުކޮށް އެގޮތަށް ހެދީމަ އެޕާޓްމަންޓުގެ ނަމްބަރު ކުޑަވެފައި އެ ވަނީ 1700 އަށް" އައިޝަތު ނިހާ ކޮމިއުނިކޭޝަން މެނޭޖާ، ފަހި ދިރިއުޅުން ވިދާޅުވިއެވެ.

މާރިޗު 10، 2020 ގައި ސަރުކާރުން މި ވަނީ ވަރަށް މުހިންމު ބޮޑު އިއުލާނެއް ކޮށްފަ އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓުތައް ކައިރީ ބޮޑު ރަސްމިއްޔާތެއް ބާއްވާ، "މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވެހިކަމުގެ މަޝްރޫއު" ގެ ބިންގާ އެޅި އެވެ. އެއީ މާލޭ ރަށްވެހިންނަށް ހާއްސަ 1700 ފްލެޓް އެޅުމުގެ މަޝްރޫ އެވެ.

ހިޔާގެ 2500 ފްލެޓް ފަހި ދިރިއުޅުމުގެ ފްލެޓްތަކަށް ބަދަލުކުރުން! ބޮޑު އޮޅުވާލުމެއް!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ގޮތާއި ހިލާފަށް މި ސަރުކާރުން އަޅަން ނިންމާފައިވަނީ 1،700އެވެ. އެ ފްލެޓު އަޅަނީ 11 ޓަވަރުގެ މައްޗަށް، ޓަވަރުތައް ހަދަނީ 15 އަދި 16 ފްލޯއަށެވެ.

ހިޔާ ޕޮރޮޖެކްޓްގެ މި ފްލެޓްއަކީ މިހާރު ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފޮރޮޖެކްޓެއްގޮތަށް ވަނީ މި ސަރުކާރުން ބަދަލުގެނެސްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންއިން އެ ޓަވަރުތަކަށް ގެނައި ބަދަލާއެކު 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓް ހިމެނޭއިރު ދެ ކޮޓަރީގެ 680 އެޕާޓްމަންޓުގައި 650 އަކަފޫޓު ހުންނާނެ ކަމަށް މި ސަރުކާރުން މައުލޫމާތުދެއެވެ.

ކުރިން ނުކުޅެދޭ ފަރާތްތަކަށް 500 ފްލެޓާއި، ދަފްތަރަށް 500 ފްލެޓް، 18- 40 އަހަރުގެ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ 500 ފްލެޓާއި، މާލެ ރަށްވެހިންނަށް ދިނުމަށް 1000 ފްލެޓް ހިމެނެނީ މި 2500 ޔުނިޓުގެ ތެރޭގައެވެ. ނަމަވެސް މި ސަރުކާރުން މިވަނީ މިގެނައި ބަދަލާއެކު މި ހުރިހާ ފްލެޓްއެއް މާލޭގެ ރައްޔިތުންނަށް އެކަނި ލިބޭ ގޮތައް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން 3،000 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއެއް ފަށަން މިސަރުކާރުން ވަނީ ނިންމައިފަ އެވެ. ހިޔާގެ 2500 ފްލެޓް ގެ މަޝްރޫއު މިވަނީ މީގެ ފުރަތަމަ ފިޔަވައްސަށް ބަދަލުކުރެވިފައެވެ. 

Advertisement

ކޮމެންޓް