Advertisement

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލައިފި

03 Aug 2020 | 18:45

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މިންވަރު އިތުރުވަމުން ދިއުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް އުމަރު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މުޅި ދިވެހިރާއްޖެއަށް އެ ބަލި ފެތުރެމުންދާއިރު، މި ދުވަސްވަރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލައްވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލެ ފުރަބަންދުގެ ހާލަތަކަށް ދިއުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ ބައެއް ޖަލްސާތައް ވަނީ ވާޗުއަލްކޮށް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ބައެއް މުހިންމު ޖަލްސާތައް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މަޖިލިސް ކުރާގޭގައިވެސް ކުރިއަށް ގެންގޮސްފައެވެ.

Advertisement

ކޮމެންޓް