Advertisement

ކުރިއަށް އޮތް ދެހަފްތާއަށް މާލޭގެ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ދާނީ އޮންލައިންކޮށް

04 Aug 2020 | 15:43

ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް މާލޭ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އީދު ބަންދާއި މިޑް ޓާމް ބަންދަށްފަހު ސްކޫލްތައް އަލުން ހުޅުވުމަށް ހަމަޖައްސާފައިވަނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް އޮތް ދެހަފްތާއަށް ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަދި މި މުއްދަތުގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ކިޔެވުން ކުރިއަށްދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ދެ ހަފްތާއަށް ފަހު ބަލިމަޑުކަން ފެތުރޭ ގޮތަށް ބަލައި މި ނިންމުން މުރާޖައާ ކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާތަނަށް މާލޭގެ ސްކޫލް ތަކުގައި ކިޔަވައިދެމުން ދިޔައީ ގްރޭޑް 9އިން 12 އަށެވެ. މީގެ އިތުރުން އޮގަސްޓް 16 ވަނަ ދުވަހު ގްރޭޑް 7 އަދި 8ގެ ކިޔެވުން ފެށުމަށްވެސް އޮތީ ރޭވިފައެވެ.

Advertisement

ކޮމެންޓް