Advertisement

ދިއްގަރު ބޯޓެއްގެ 4 ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

04 Aug 2020 | 16:16

މާލެއާއި މ. އަތޮޅުގެ ރަށްތަކާއި ދެމެދު ދަތުރު ކުރާ “ރޯޔަލް 10” ނަމަކަށް ކިޔާ ބޯޓުގެ 4 ފަޅުވެރިން ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދިއްގަރު ކައުންސިލުން ދިއްގަރު ކައުންސިލްގެ ނައިބު ރައީސް ޔަހްޔާ އަބްދުއްރަހްމާން މީޑިއާއާއި މައުލޫމާތު ހިއްސާކޮށްފައި ވާގޮތުގައި އެ ބޯޓުގެ ފަޅުވެރިންތަކެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ، މާލެއިން ފުރައިގެން އެ ބޯޓު މ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

އަދި ޕޮޒިޓިވްވެފައި ވަނީ، އެ ބޯޓްގައި މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ 4 މީހެކެވެ. އެ ހަތަރު މީހުންގެ ސާމަޕްލްވެސް ނެގީ މާލެއިން ނަގަމުން އަންނަ ރޭންޑަމް ސަމްޕަލްތަކުގެ ތެރެއިން ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ދިއްގަރުގެ ބޯޓުގެ ފަޅުވެރިންތަކެއް ކޯވިޑަށް ޕޮޒިޓިވްވި އިރު، ހއ. އިހަވަންދޫ ދެ ބޯޓެއްގެ ފަޅުުވެރިންތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ބޮޑު ކްލާސްޓާއެއް އޮތް އެ ކޭސްތަކާ ގުޅިގެން ފަސް ރަށެއް ވަނީ ކަރަންޓީނު ކޮށްފައެވެ.

މީގެ އިތުރުން ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަން ހިމެނޭހެން ބޯޓުން ދަތުރު ކުރި 10 މީހުން ވަނީ ކޯވިޑަށް ޕޮޒިޓުވް ވެފައެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

ޕޮޒިޓިވް ކޭސްތައް ފެންނަމުން ދާ މިންވަރު އިތުރުވަމުން އަންނާތީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މިހާރު ދީފައިވާ ލުއިތައް އިތުރަށް ހަރުކަށިކުރުމަށް މަޝްވަރާ ތަކެއް ކޮއްފައެވެ.

Advertisement

ކޮމެންޓް