ރާއްޖެއިން ފުރަން އުޅެނިކޮށް ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

06 Aug 2020 | 11:51

ދިވެހިރާއްޖެއިން ފުރަން އުޅުނު އިނގިރޭސިވިލާތުގެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ވަނީ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އޮބްލޫ ސަންގެލި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިނގިރޭސިވިލާތުގެ ފަތުރުވެެރިއެއް ކަމަށެވެ. އަދި އެ ފަތުރުވެރިޔާ ޕޮޒިޓިވްވެފައިވަނީ އޭނާ ރާއްޖެއިން ފުރުމަށް ސާމްޕަލް ނެގުމުންކަމަށް ޑރ.ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމާއި ގުޅިގެން އެ ފަތުރުވެރިޔާގެ އާއިލާ ޓެސްޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. 

މިދިޔަ މަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިއިރު، ދިވެހިރާއްޖެއަށް ވަންނަ ހުރިހާ ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓެއް ނުކުރެއެވެ. ނަމަވެސް އަލާމާތްތައް ހުރި ފަތުރުވެރިއެއް ނަމަ ޓެސްޓް ކުރެއެވެ. އަދި ރެންޑޮމްކޮށްވެސް ބައެއް ފަތުރުވެރިން ޓެސްޓް ކުރެއެވެ.

Advertisement

ކޮމެންޓް