ވިޔަފާރިކުރާ ހުރިހާ ތަނެއްގައި ސީސީޓީވީ ހުންނަންވާނެ: ހައިތަމް

09 Aug 2020 | 12:57

ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ހުރިހާ ތަނެއްގައި ސީސީޓީވީ ހުރުމަކީ މަޖުބޫރުކަމަކަށް ހަދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

ހައިތަމް ވިދާޅުވީ ސީ.ސީ.ޓީ.ވީ ކެމެރާއަކީ ވިޔަފާރި ކުރާ ހުރިހާ ތަނެއްގައި ހުންނަންޖެހޭ އެއްޗެއް ކަމުގައި ނިންމާ، ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގައިވެސް މިކަމަށް ބަލަންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިހާރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވިފައިވާ ފަރާތް ތަކަށް އެކަށިގެންވާ މުއްދަތެއްގެ ތެރޭގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށް ނިންމުމުގެ ފުރުސަތު ދިނުމަކީ އެބޭފުޅާ ތާއިދުކުރައްވާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

"އަދި ޙާއްސަކޮށް ފާމަސީ ކަހަލަ ތަންތަނަކީ އެއްވެސް ހާލަތެއްގައި ކެމެރާ ހަރުނުކޮށް ދޫކޮށްލައިގެންވާނޭ ތަނެއްނޫން"، ހައިތަމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ފާމަސީއެއްގައި އަންހެން ކަސްޓަމަރަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން، ވިޔަފާރިތަކުގައި ސީސީޓީވީ ކެމެރާ ހުރުމާއި މެދު ގިނަ ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ. އެ އަންހެން ކަސްޓަމަރުގެ އާއިލާއާއި ހަވާލާދީ މީޑިޔާތަކުން ބުނާގޮތުގައި ފުލުހުން ވަނީ އެ ފިހާރައިގައި ސީސީޓީވީ ކެމެރާ ނެތުމުން އެ މައްސަލަ ތަހުގީގުކުރަން ދަތިވާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް