ރިޟްވާާންގެ މައްސަލައިގައި މި ސަރުކާރުން ދަނީ އދ.ގެ ވާކިންގ ގްރޫޕާއި އެކު މަސައްކަތްކުރަމުން: މިއުވާން

08 Aug 2020 | 20:18

ގެއްލުވާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލަ ބަލަމުން އަންނަ އދ.ގެ ވޯކިންގ ގްރޫޕާއި އެކު މި ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.ޱ

މިއުވާން މިހެން ވިދާޅުވީ ރިޟްވާންގެ މައްސަލައިގައި އދ.ގެ ފަރާތުން 2014 ވަނަ އަހަރު ފޮނުވާފައިވާ ސިޓީއަކަށް ދިވެހި ސަރުކާރުން ޖަވާބު ނުދޭކަމަށް ބުނެ، ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ރިޟްވާންގެ މައްސަލައާއި ގުޅިގެން މި ސަރުކާރުގެ ފަރާތުން އދ.ގެ ވޯކިންގ ގްރޫޕް އޮން އެންފޯސްޑް އޯރ އިންވޮލަންޓްރީ ޑިސެޕިއަރެންސެސްއާއި އެކު ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ވޯކިންގ ގްރޫޕާއި އެކު އެންމެ ފަހުން މުއާމަލާތްކޮށްފައިވަނީ ޖޫން މަހުގެ 11ވަނަ ދުވަހުގައިކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ މަރުތަކާއި ބެހޭ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލްތައް އދ.ގެ ވޯކިންގ ގްރޫޕާއި އެކު ހިއްސާކުރެވެމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރުން އދ.ގެ ވޯކިންގ ގްރޫޕްތަކާއި ޚާއްސަ މެންޑޭޓްތައް އޮންނަ ފަރާތްތަކާއި އެކު ގާތުން މުއާމަލާތް ކުރަމުން އަންނަ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން އެފަރާތްތަކަށް އެންމެ ފަހުގެ ތެދު މައުލޫމާތު ފޯރުކޮށްދޭންވެސް ތައްޔާރަށް އޮތްކަމަށް މިއުވާން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް