ކޮވިޑް-19 އަށް 129 މީހަކު ޕޮޒިޓިވްވެއްޖެ

09 Aug 2020 | 08:53

ދިވެހިރާއްޖެއިން ކޮވިޑް-19 އަަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަަދަދު 129 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ވަނީ ޖުމްލަ 4898 މީހުން ޕޮޒިޓިވްވެފައެވެ. އެއީ މިއަދު ޕޮޒިޓިވްވި 129 މީހުން ހިމެނިގެންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ. އެއީ 93 މީހުންނެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 26 މީހުންނާއި، އިންޑިޔާގެ 9 މީހުން އަދި ނޭޕާލްގެ މީހެކެވެ.

މި ބައްޔާއި ގުޅިގެން އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު ހިމެނިފައިވަނީ 2088 މީހުންނެވެ. އަދި ހޮސްޕިޓަލްގައި ތިބީ 144 މީހުންނެވެ. 

ކޮވިޑް-19އިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2791 އެވެ.

Advertisement

ކޮމެންޓް