އުރީދޯ ކަލާ ރަން އެކްސްޕޯ މިއަދު ބާއްވަނީ

18 Nov 2018 | 13:40

އުރީދޫ ކަލާ ރަންއާއި ގުޅިގެން ބެއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ ނޭޝަނަލް އާޓް ގެލެރީގައި މިއަދު ބާއްވާނެއެވެ.

އުރީދުން ހާމަކުރިގޮތުގައި މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހުކަމަށާއި މި އެކްސްޕޯ ކުރއަށްދާނެ ގަޑީތަކަކީ މި ދުވަސްތަކުގެ ހެނދުނު 10:00 އިން ހަވީރު 06:00 އަށް އަދި ރޭގަނޑު 08:00 އިން ރޭގަނޑު 10:00 އަށެވެ.

ކިޓިތައް ބަލައިގަތުމަށް ބައިވެރިޔާގެ އައިޑީ ކާޑް އަދި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓާ ކުރިކަމުގެ ކަރުދާސް ނުވަތަ ޑިޖިޓަލް ސްލިޕް ގެނައުމުން ކަލާ ރަންގެ ބައިވެރިންގެ ކިޓުތައް އެކްސްޕޯއިން ލިބެން ހުންނާނެކަމަށްވެސް އުރީދުންއިން މައުލޫމާތުދެއެވެ. ބަދަލުގައި އަންނަ ފަރާތުންވެސް މި ބުނެވުނު ލިޔުންތަކުގެ އިތުރުން ހަވާލުވާ ފަރާތުގެ އައިޑީ ކާޑް ހިފައިގެން އައުމުން ކިޓް ދޫކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

އައިޑީ ކާޑުގެ ބަދަލުގައި ޕާސްޕޯޓް ނުވަތަ ލައިސެންސްވެސް އުރީދޫއިން ގަބޫލުކުރާނެއެވެ. މި އެސްކްޕޯއަށްފަހު ހަވާލުނުވެ ކިޓްތަކެއް ބާކީ ވެއްޖެނަމަ، އަލުން ރަޖިސްޓާވުމަށް ހުޅުވާލެވޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ. މި އެކްސްޕޯގައި ކަލާ ރަންގެ ޕާޓުނަރުންގެ ގޮތުގައި ހަމަޖެހިފައިވާ ކޯޗު ޝުޖާއު، ޔުނިކްސް ސްޕޯޓިން، އައިރަނާސް، އަދި ބަރިސްޓާ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ކަލާ ރަން، ކައިޓް ފެސްޓިވަލް އަދި މިއުޒިކް ޝޯ އަކާއެކު ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

Advertisement

ކޮމެންޓް