މަޖިލިސް ރައީސް ހެލްތު މިނިސްޓްރީއަށް: ގާނޫނީ ނިޒާމު ގަޑުބަޑުނުކުރޭ!

10 Aug 2020 | 13:08

ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑުނުކުރުމަށް ހެލްތު މިނިސްޓްރީގެ ކިބައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގައި ދެކެވުނު ވާހަކަތަކަށް ހެލްތު މިނިސްޓްރީން ރައްދު ދީ ބަޔާނެއް ނެރުމާއި މެދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި، މަޖިލީހުން ކުރާ ކަންތައްތަކާއި މެދު ވުޒާރާތަކުން އެފަދަ ބަޔާންތައް ނެރެ ނުބެހުމަށް ހެލްތު މިނިސްޓަރާއި، މިނިސްޓަރ އަބްދުﷲ އަމީންގެ އަރިހުގައި އިޚުލާސްތެރިކަމާއި އެކު ދަންނަވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކަކުން ވަނީ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެކަމަށް ރައްދުދީ ހެލްތު މިނިސްޓްރީން ވަނީ ތަފްސީލީ ބަޔާނެއް ނެރެފައެވެ. 

Advertisement

ކޮމެންޓް

Advertisement