5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުން: ޗައިނާއިން 11 މިލިއަން ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފި

10 Aug 2020 | 21:50

ދިވެހިރާއްޖޭގެ ފަސް ރަށެއްގައި ސާފު ބޯފެނުގެ ނިޒާމެއް ގާއިމްކުރުމަށް ޗައިނާގެ ސަރުކާރުގެ ފަރާތުން ބޮޑު އެހީއެއް ފޯރުކޮށްދީފިއެވެ.

11.8 މިލިޔަން ޑޮލަރުގެ މި އަގުހުރި ހިލޭ އެހީގެ މަޝްރޫއުގެ ދަށުން ފަސް ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ނިޒާމްތަކެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކ.ކާށިދޫ، ޅ.އޮޅުވެލިފުށި، ހއ.ކެލާ، ރ.އަލިފުށި އަދި ގއ.ދާންެދޫއެވެ.

މި މަޝްރޫއުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީންނެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ސެންޓަރ ފޮރ އިކޮނޮމިކް އެންޑް ޓެކްނިކަލް އެކްޗޭންޖްސްއިންނެވެ.

މި މަޝްރޫއުގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިގެ ބޭނުންވެސް ކުރާނެއެވެ. ޗައިނާއިން ދަނީ ދިވެހިރާއްޖޭގެ ރަށްރަށުގައި މިފަދަ ތަރައްގީގެ މަޝްރޫއުތަކެއް ހިލޭ އެހީގެ ދަށުން ހިންގަމުންނެވެ. އެގޮތުން ރަށްރަށުގައި އަޅަމުންދާ ފުޓްސަލް ދަނޑުތައް ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް