އަޅުގަނޑު އަމީންއަށް ދޭނީ "ޑީ" ރިޕޯޓްއެއް، ބާކީ މިނިސްޓަރުންނަށް "ޔޫ" ރިޕޯޓް: ޝިޔާމް

12 Aug 2020 | 10:04

މި ސަރުކާރުގެ ހެލްތް މިނިސްޓަރ އަމީން ފިޔަވައި ހުރިހާ ކެބިނެޓް މިނިސްޓަރުންނަށް ދޭނީ ޔޫ ރިޕޯޓެއްކަމަށާއި ނަމަވެސް ހެލްތް މިިނިސްޓަރަށް ދޭނީ ޑީ ރިޕޯޓެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިހެން ވިދާޅުވީ، ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެހެން ހުރިހާ ކެބިނެޓް މިނިސްޓަރުންނަށް އަޅުގަނޑު ދޭނީ ޔޫ، އެހެން ނަމަވެސް ހެލްތް މިިނިސްޓަރަށް އަޅުގަނޑު ދޭނަށް ޑީ އިއްޒަތްތެރި ރައީސް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޞާލިހް ގެ ކެބިނެޓުގައި ހެލްތް މިނިސްޓަރ އަމީން ވަރުގެ ބޭފުޅަކުނެތްކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާ އިރު ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އަންނަނީ މިނިސްޓަރ އަމީންއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން މަޖިލިހުގެ ތަޅުމުގައިވެސް އަމީންއަށް އަންނަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒްކުރަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement