Advertisement

ދޫނިދޫގައި މަސައްކަތްކުރާ ފަރާތްތަކުން ޒަރޫރީ ބޭނުމެއް ނެތި މާލެއަށް ދިއުން މަނާކޮށްފި

11 Aug 2020 | 19:42

ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއް ނެތި، ދޫނިދޫގައި މަސައްކަތްކުރާ ފަރާތްތަކުން މާލެއަށް ދިއުން މަނާކޮށްފިއެވެ.

ފުލުހުންގެ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން މިފަދައިން އެންގިކަން އިތުބާރުހުރި މަސްދަރަކުން ވޮއިސްއަށް ވަނީ ކަށަވަރުވެފައެވެ.

އެގޮތުން މުވައްޒަފުންނާއި ބަންދުގައި ތިބި މީހުންގެ ސަލާމަތަށް ރިއާޔަތްކޮށް އޯގަސްޓް 7ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން ދޫނިދޫ ކަސްޓޯޑިއަލް އަދި މެރިން ޕޮލިސް ޑިޕާރޓްމެންޓްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ޒަރޫރީ ބޭނުމެއް ނެތި މާލެއަށް ނުދިއުމަށް ވަނީ އަންގާފައެވެ. އަދި އެއްވެސް މުވައްޒަފެއްގެ ކިބައިގައި ކޮވިޑް-19ގެ އަލާމާތެއް ހުރިނަމަ މީހުންގެ ތެރެއަށް ނުކުމެ ނޫޅުމަށާއި، ޕޮލިސް މެޑިކަލުން އަންގާ ގޮތަކަށް އަމަލުކުރަން ވަނީ އެދިފައެވެ.

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް