އެޗްއެސްސީ މޯލްޑިވްސްގެ އާ ޝޯރޫމެއް ހުޅުވައިފި

11 Aug 2020 | 19:16

ޔޫރަޕްގެ މަގުބޫލު ގިނަ އުފެއްދުންތަކެއް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ އެޗްއެސްސީ މޯލްޑިވްސް ކުންފުނީގެ ފަރާތުން އާ ޝޯރޫމެއް މާލޭގައި ހުޅުވައިފިއެވެ.

މަޖިދީމަގު ހީނާމާގޭ ޕާކިންގ ޒޯން ކުރިމައްޗަށް ވާކަހަލަ ގޮތަކަށް ހެދިފައިވާ ދެ ފަންގިފިލާގެ މި ޝޯރޫމްގައި އެޗްއެސްސީ މޯލްޑިވްސްއިން އެތެރެކުރާ ތަފާތު ގިނަ ބާވަތްތަކުގެ މަގުބޫލު އުފެއްދުންތައް ފެންނަން ހުންނާނެއެވެ. އެގޮތުން ބާރ2000 ކޮފީ، މަލީޒިޔާ، މިލްމިލް، ބްރީޒް، އިންޓެސާ، ބެނެފިޓް، ޑިޕްލޯ ސޮލިއުޝަން، ވަރދޭ އަދި އިސްކޮން ސަންފްލާވަރ އޮއިލް ފަދަ އުފެއްދުންތައް މިތަނުން ފެންނާނެއެވެ. 

މި އުފެއްދުންތަކަކީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިންގެ ތެރެއިން ގިނަ ބަޔެއްގެ މަގުބޫލުކަން ލިބުނު އުފެއްދުންތަކެއް ކަންވެސް ފާހަގަކޮށްލެވެއެވެ. 

މި ޝޯރޫމްގެ ފުރަތަމަ ފަންގިފިލާ އެއްކޮށް ކަހަލަ ގޮތަކަށް ޚާއްސަ ކުރެވިފައިވަނީ ބާރ2000 ކޮފީގެ އުފެއްދުންތަކަށެވެ. އެގޮތުން މި ފަންގިފިލާގައި އެ މަރުކާގެ ތަފާތު ބާވަތްތަކުގެ ކޮފީ މެޝިންތަކުގެ އިތުރުން ކޮފީ ބީންސް، ކޮފީ ޕޮޑް އަދި ކޮފީ ހެދުމާއި ގުޅޭ ތަފާތު ސާމާނުތައްވެސް ފެންނަން ހުންނާނެއެވެ. އެޗްއެސްސީ މޯލްޑިވްސްގެ މި އާ އައުޓްލެޓްގެ ޒަރިއްޔާއިން އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތައް ގާތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މި ދުވަސްވަރު މި ޝޯރޫމަށް ވަންނަ އިރު ރައްކާތެެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅައި، އަތް ސެނިޓައިޒްކުރަން ޖެހެއެވެ.

Advertisement

ކޮމެންޓް