އެފްއެސްްއެމްގެ ދެ ޕެޓްރޯލް ޝެޑެއް "ކޭޝްލެސް" ކޮށްފި

12 Aug 2020 | 17:47

އެސްޓީއޯގެ ދަށުން ހިންގަމުންދާ ފިއުލް ސަޕްލައި މޯލްޑިވްސްގެ ފަރާތުން މާލޭ ސިޓީގައި ހިންގަމުންދާ ދެ ޕެޓްރޯލް ޝެޑަކުން ހަމައެކަނި ކޭޝްކާޑް ބަލައިގަންނަ ގޮތަށް ހަމަޖައްސައިފިއެވެ.

މިފަދައިން ހަމަޖައްސާފައިވަނީ ކާނިވާ ސަރަހައްދުގައި ހުންނަ ޝެޑާއި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ހުންނަ ޝެޑެވެ.

އެފްއެސްއެމްއިން ބުނާ ގޮތުގައި މިފަދައިން ހަމަޖައްސާފައިވަނީ އެޗްޕީއޭގެ ލަފާގެ މަތިން މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެވެ.

އަދި މިހާރުވެސް ސްޓެލްކޯ ސަރަހައްދުގައި ހުންނަ ޝެޑުންނާއި ހުޅުމާލޭގައި ހުންނަ ޕެޓްރޯލް ޝެޑުން ކޭޝްކާޑުގެ އިތުރުން ނަގުދު ފައިސާއިންވެސް ފައިސާ ދެއްކޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް