Advertisement

އެމޭޒިންގް ގްލޭޒިންގެ މީރު ރަހަތައް ނުބަލައި ދޫކޮށްލެވެން ނެތް!

16 Aug 2020 | 15:53

މި ދުވަސްވަރު މީސް މީޑިޔާގެ ކޮންމެ ވަސީލަތެއް ހުޅުވާލިޔަސް ހަމަ ސަހަރޯއޭ ބުނެވޭނެއެވެ. މުޅި މީސް މީޑިޔާ ފުރިފައިވަނީ ގޭތެރޭގައި ތަފާތު މީރު ބާވަތްތަކުގެ ކާބޯތަކެތި ހަދައިގެން ވިއްކަމުންދާ ފަރާތްތަކުގެ އުފެއްދުންތަކުންނެވެ. ވަކިން ޚާއްސަކޮށް ފޮނި ކާތަކެތި ވިއްކާ ޕޭޖްތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.

ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ކޮވިޑް-19ގެ ހިތްދަތި އަދި ހާސްކަމުން ފުރިގެންވާ ބަލިމަޑުކަމުގެ ތެރެއިން ކުޑަ ނަމަވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް، ފޮނި ކާތަކެތީގެ ރަހަތަކުން ލިބިދާނެއެވެ. ދިވެހިރާއްޖޭގައި ހުރެގެން ބޭރުގެ މޮޅު ޑެޒާޓެއްގެ އަޖުމަ، ހެޔޮއަގުގައި ބަލައިލާން ލިބޭތީ އުފާވެދެއެވެ. ގޭތެރޭގައި ކައްކާ އާދައިގެ ދިވެހި މީހާއަށްވެސް މޮޅަށް ކައްކަން އިނގޭތީ ފަޚުރުވެރި ވެވިދެއެވެ.

މިއަދު ދައްކާލަން މިއުޅެނީ މިފަދައިން ފޮނި ކާތަކެތީގެ ރަހަތަކުން އެތަކެއް ބަޔަކު އުފާކޮށް، ހެއްވާލަމުން އަންނަ ޝަޚްސިއްޔަތެއްގެ ވާހަކައެވެ. "އެމޭޒިންގް ގްލޭޒިން"ގެ ކުޅަދާނަ ބޭކަރ އައިމިނަތު ޝަޒްލާއެވެ.

އެމޭޒިންގް ގްލޭޒިންގެ ވާހަކަ ރަސްމީ ސިފައެއްގައި ފެށިގެން ދިޔައީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އެހެނަސް ޝަޒްލާ "ވޮއިސް" އަށް ކިޔައިދިން ގޮތުގައި އޭނާއަކީ އަބަދުވެސް ފޮނި ކާއެއްޗެހި ނުވަތަ ޑެޒާޓް ހެދުމަށް ޝައުގުވެރިވާ ފަރާތެކެވެ. އާއިލާއާއި ރަހުމަތްތެރިންވެސް އޭނާގެ އުފެއްދުންތަކަށް ތައުރީފްކުރެއެވެ. އެހެންކަމުން އެ ތައުރީފުން ހިތްވަރު ލިބިގަނެ، ގޭގައި އިނދެގެންވެސް އާމްދަނީ ހޯދުމުގެ ނިޔަތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފޭސްބުކް އަދި އިންސްޓަގްރާމްގައި އެމޭޒިންގް ގްލޭޒިންގެ ނަމުގައި އޭނާގެ ޑެޒާޓް ޕޭޖެއް ހެދީއެވެ.

ޝަޒޫ ބުނިގޮތުގައި އެމޭޒިންގް ގްލޭޒިންގެ އެންމެ ޚާއްސަ އުފެއްދުންތަކަކީ ޕިސްޓޭޗިއޯ އަދި ޗޮކޮލެޓް ފްލޭވަރގެ ތްރޭސް ލަޗެސް ކޭކެވެ. އަދި އެ ޕޭޖްގެ ކަނަމަދު ކޭކަކީވެސް އެއް ފަހަރު ރަހަ ބަލައިފިނަމަ އަބަދުމެ ކާހިތްވާނެފަދަ އެއްޗަކަށް ވާނެކަމުގެ ޔަގީންކަން އޭނާ ދެއެވެ. މީގެ އިތުރުންވެސް ޕަވްލޯވާ، ބްރައުނީސް، ސިނަމަން ރޯލްސް އަދި ޗޮކޮލެޓް ޗިޕް ކުކީސް ފަދަ ބާވަތްތައްވެސް އެމޭޒިންގް ގްލޭޒިން ޕޭޖުން ލިބިގެންދާނެއެވެ.

އޭނާ ބުނި ގޮތުގައި މި ތަކެއްޗަށް ކަސްޓަމަރުންގެ ފަރާތުން މިހާތަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެހެންކަމުން ޝަޒްލާ ވަނީ އޭނާގެ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުންވެސް ޝަޒްލާގެ ވިޔަފާރިއަށް އެހީތެރިކަން ފޯރުކޮށްދޭތީ، އޭނާ ވަނީ އޭނާގެ ފިރިކަލުންނަށްވެސް ޝުކުރު އަދާކޮށްފައެވެ.

އެމޭޒިންގް ގްލޭޒިންގެ އުފެއްދުންތައް ބައްލަވައިގަތުމަށް އެ ވިޔަފާރީގެ އިންސްޓަގްރާމް ޕޭޖް ނުވަތަ ފޭސްބުކް ޕޭޖް ބޭނުންކުރެވޭނެއެވެ. 

Advertisement

ކޮމެންޓް