އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފްވެގެން ފޭދޫއިން އަންހެނަކު ހައްޔަރުކޮށްފި

14 Aug 2020 | 18:33

މާލެއިން އައްޑޫ ސިޓީގެ ފޭދޫއަށް ދަތުރުކުރި އަންހެނަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކާ ޚިލާފްވެގެން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފްވެގެން ކޯޓު އަމުރެއްގެ ދަށުން ފޭދޫއިން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.

މި އަންހެންމީހާ ކޯޓަށް ހާޒިރުކުރުމުން ވަނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ފެންނަ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ ހުއްދަ ނުނަގައި މާލެއިން އައްޑޫއަށް ދަތުރުކުރުމުންނެވެ. މިއީ އެ އަންހެންމީހާ އެފަދައިން އަމަލުކުރި ދެވަނަ ފަަހަރުކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

ފޮޓޯ: އައްޑޫލައިވް

Advertisement

ކޮމެންޓް

Advertisement