ކައިވެންޏާއި ގުޅޭ ހުރިހާ ކަމެއް އެއްތަނަކުން ބޭނުންތަ؟ ޒަވާޖް ޚިޔާރުކުރައްވާ!

16 Aug 2020 | 16:07

ކައިވެނިކުރުމާއި ގުޅޭ ހުރިހާ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭނެގޮތަށް ގޮތަށް "ޒަވާާޖް" ކިޔާ ޚާއްސަ ޕްލެޓްފޯމެއް ދިވެހި ކުންފުންޏަކުން ތަރައްގީކޮށްފިއެވެ.

ލަކްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ތަރައްގީކުރި މި އޮންލައިން ޕްލެޓްފޯމްގެ މަގްސަދަކީ ކައިވެންޏާއި ގުޅޭ ހުރިހާ ޚިދުމަތްތައް ހެޔޮއަގުގައާއި ރަނގަޅު ފެންވަރުގައި އެއްތަނަކުން ލިބޭނެގޮތް މަގުފަހިކޮށްދިނުން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މިއީ ދިވެހިރާއްޖޭގައި ތަރައްގީކުރެވުނު މިފަދަ ފުރަތަމަ ޕްލެޓްފޯމްކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ޒަވާޖްގެ ބޭނުންކޮށްގެން ކައިވެނިކުރުމަށް ރާވަމުންދާ ފަރާތްތަކަށް ކައިވެނީގެ ކަންތައްތައް ރޭވުމުގައި ލުއިފަސޭހަތަކެއް ލިބި، އެފަރާތްތަކުގެ އެ މަސައްކަތް މާބޮޑު ހާސްކަމެއް ނެތި ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"ޒަވާޖްގެ އެންމެ ބޮޑު ބޭނުމަކީ ކައިވެނި ކުރާ ފަރާތްތަކުން ބޭނުންވާނެ ހުރިހާ ކަންތައްތަކެއް އެއް ތަނަކުން ފަސޭހައިން ލިބޭނެގޮތް މަގުފަހިކޮށްދިނުން"، ވޮއިސްއާއި ވާހަކަދައްކަވަމުން ލަކްސް އިންވެސްޓެންޓްގެ މާކެޓިންގ މެނޭޖަރ ހަނާން ސައީދު ވިދާޅުވިއެވެ.

ލަކްސް އިންވެސްޓްމެންޓުން މިހާރު ވަނީ ދިވެހިރާއްޖޭގައި ކައިވެންޏާއި ގުޅޭ ތަފާތު ޚިދުމަތްތައް ދޭ ފަރާތްތަކަށް، ޒަވާޖްގެ ވެބްސައިޓްގައި ރަޖިސްޓަރވެ ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ހުޅުވާލާފައެވެ. ކައިވެނިކުރާ ފަރާތްތަކުން މި ވެބްސައިޓްގެ ބޭނުންކޮށްގެން ބަޖެޓް އަދި ލޮކޭޝަން ފަދަ ދާއިރާތައް ބޭނުންކޮށްގެން އެންމެ ބޭނުންވާ ޚިދުމަތްތައްވެސް ލިބިދެވޭނެއެވެ.

މީގެ އިތުރުންވެސް ޒަވާޖްގެ ޕްލެޓްފޯމްގެ ފަރާތުން ވަނީ ވެޑިންގ ޕްލޭނިންގްގެ ޚިދުމަތް ފޯރުކޮށްދޭންވެސް ނިންމާފައެވެ. އަންނަ އަހަރުން ފެށިގެން ޒަވާޖްގެ ޚިދުމަތްތަކަށް އިންސްޓޯލްމެންޓް އުސޫލުން ފައިސާ ދެއްކޭނެއެވެ.

ޒަވާޖް ތަރައްގީކުރި ލަކްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކީ ދިވެހިރާއްޖެ ފުރަތަމަ ޓްރެވަލް ނައު ޕޭ ލޭޓަރ ސްކީމްވެސް ތައާރަފްކުރި ކުންފުންޏެވެ.

Advertisement

ކޮމެންޓް