މިއަދު 73 ދިވެހިންނާއި 34 ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

15 Aug 2020 | 22:55

މިއަދު ރާއްޖެއިން ކޮވިޑަށް 107 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

މިރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވިގޮތުގައި މިއަދު 73 ދިވެހިންނާއި، ބަންގްލަދޭޝްގެ 25 މީހުންނާއި އިންޑިއާގެ ތިން މީހުން އަދި ފިލިޕީން އާއި ސްރީލަންކާގެ އެކަކު ޕޮޒިޓިވްވެފައިވާކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 104 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ތިން މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 5،679 އަށް އަރައިފައެވެ.

ހޮސްޕިޓަލުގައި 146 ފަރާތަކަށް ފަރުވާދެމުންދާއިރު މި ބަލީގައި މިހާތަނަށް 22 މީހުން މަރުވެފައިވެއެވެ. މިވަގުތު ބައްޔަށް ފަރުވާ ދެމުންދަނީ 2،449 މީހުންނަށެވެ

Advertisement

ކޮމެންޓް