އާޒިމް އިބުރާއަށް: ބަދަލު ހޯދުމަށް ޓެކްސް ފައިސާއިން 200 މިލިއަން ދަމައިގަންނާކަށް ނޫޅޭނަން!

16 Aug 2020 | 08:00

މި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޭން ނިންމިއެވެ. ނަމަވެސް މީޑިއާތަކުން އެކަން ފަޅާ އަރުވާލުމާއި ގުޅިގެން އެކަން ކުރުން ސަރުކާރުން ވަނީ މަޑު ޖައްސާލާފައެވެ.

ބޮޑު އަދަދެއް ހޯދަން މަންދު ކޮލެޖުން ދައުވާ ކުރަން ނިންމާފައިވާއިރު، އެ ކޮލެޖުގެ އިސް ފަރާތް ކަމުގައިވާ އިބްރާހިމް އިސްމާއިލް އިބުރާގެ ދެ ކޮއްކޮ ކަމުގައިވާ އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކެޓްރީ ހަަސަން އިސްމާއިލްގެ ހިއްސާ އޮަންނަ ބިޒަނަސް އިމޭޖް ގުރޫޕު (ބިގް) އަށްވެސް ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ. ބަދަލުގެ ގޮތުގައި އެކިއެކި ކުންފުނިތަކަށް މިހާރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދީފައިވާ ކަންފާހަގަކޮށްލެވެއެވެ.

ބަދަލު ހޯދުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 200 މިލިއަން ދަމައިގަންނާކަށް ދުވަހަކުވެސް ނޫޅޭނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ފުރަތަމަ ރައީސް އަދި އިކޮނަމިކް މިނިސްޓަރުގެ ބޭބޭފުޅު އިބްރާހިމް އިސްމާއިލް އިބުރާ އަލީ އާޒިމްއަށް ނިސްބަތްކޮށް ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެމްޑީޕީތެރޭގައި ޑީއާރުޕީ ހިންގަން ނޫޅުމަށް ގޮވާލައި އިބުރާކޮށްފައިވާ ޓުވީޓުގައި ވަނީ ޢަލީ އާޒިމް ޓެގްކުރައްވާފައެވެ.

"އަޅުގަނޑު އަބަދުވެސް ޓީމް އަށް ކުޅެން އެނގޭ. ކްލަބް ހިންގަންވެސް އިނގޭ، ކުޅެން ގެންގުޅޭ ބޯޅަޔާއި ވިކެޓް ބައި ހިފައިގެން ގެއަކަށް ނުދާނަން. އަދި ބަދަލު ހޯދުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން 200 މިލިއަން ދަމައިގަންނާކަށް ދުވަހަކުވެސް ނޫޅޭނަން" ޢަލީ އާޒިމް ރައްދުގައި ބުނެފައިވެއެވެ.

ކުއްލި ގޮތަކަށް ފެންމަތިވެފައިވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތްކަމުގެ މައްސަލާގައި ރައީސް ނަޝީދު އިސްވެސް މަޖިލިސް މެންބަރުންގެ ސޮއި ހޯދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މިއާއެކު އެމްޑީޕީ ޕީޖީ ގްރޫޕްވަނީ ރައީސް ނަޝީދާއި ރައީސް ޞާލިހްގެ ފެކްޝަންތައްލަށް ބެހި ބަހުގެ ހަމަލާތައް ދެމުންނެވެ.

އެގޮތުން ރައީސް ޞާލިހްގެ ފެކްޝަންގައި އިސްސަފުގައި ހަރަކަތްތެރިވަމުން އަންނަނީ ކުރީގެ ޑީއާރްޕީގެ އިސްސަފުގައި ހަރަކާތްތެރިވުމަށްފަހު އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ރޮޒެއިނާ އާދަމް އާއި ފިރިކަލުން ނާސިޒް، ޢަލީ އާޒިމްއެވެ. އެހެންކަމުން މި ބަހުސް މިވަނީ ޑިރާފްޕީ ފެކްޝަނާއި އެމްޑީޕީގެ ނަޝީދު ފެކްޝަނާއި ދެމެދު ކުރެވޭ ބަހުސްއަކަށް ބަދަލުވެފައެވެ.

އިޤްތިސާދީ ވަޒީރުގެ ފައްޔާޒު އިސްމާއިލް ބޭބެ އިބްރާހިމް އިސްމާއިލް (އިބްރާ) ހިންގާ މަންދު ކޮލެޖުު މާލެ އިންގްލިޝް ސްކޫލުގެ އިމާރާތުން ބޭރުކުރި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރަން މަންދު ކޮލެޖުން ނިންމާފައެވެ.

މަންދު ކޮލެޖުން ދައުވާ ކުރުމަށް ނިންމާފައިވަނީ ބަދަލުގެ ގޮތުގައި 200،000،000.00 (200 މިލިއަން) ރުފިޔާ ހޯދާށެވެ

މި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޭން ނިންމިއެވެ. ނަމަވެސް މީޑިއާތަކުން އެކަން ފަޅާ އަރުވާލުމާއި ގުޅިގެން އެކަން ކުރުން ސަރުކާރުން ވަނީ މަޑު ޖައްސާލާފައެވެ.

ބޮޑު އަދަދެއް ހޯދަން މަންދު ކޮލެޖުން ދައުވާ ކުރަން ނިންމާފައިވާއިރު، އެ ކޮލެޖުގެ އިސް ފަރާތް ކަމުގައިވާ އިބްރާހިމް އިސްމާއިލް އިބުރާގެ ދެ ކޮއްކޮ ކަމުގައިވާ އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކެޓްރީ ހަަސަން އިސްމާއިލްގެ ހިއްސާ އޮަންނަ ބިޒަނަސް އިމޭޖް ގުރޫޕު (ބިގް) އަށްވެސް ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ. ބަދަލުގެ ގޮތުގައި އެކިއެކި ކުންފުނިތަކަށް މިހާރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދީފައިވާ ކަންފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement