Advertisement

އިބޫ ކެބިނެޓުން އައްޑޫއަށް ސުމެއް!

18 Nov 2018 | 10:38

ރައީސުލްޖުމްހޫރީޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރީޔާގެ ހުވާ ކުރެއްވުމަށް ފަހު މިވަނީ ކެބިނެޓް އެކުލަވާލައްވާފައެވެ.

މިއީ ކޯލިޝަން ސަރުކާރެއްކަމުން ކެބިނެޓްގެ މަޤާމުތައް ބަހާފައިވަނީ ހުރިހާ ޕާޓީތައް އެކުވެގެންކަން ފާހަގަކޮށްލަން ޖެހެއެވެ. މިފަހަރުގެ ކެބިނެޓުގައި ހުވާކޮށްފައިވަނީ 19 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލްއެވެ. ވަޒީރުންގެ މަގާމުގެ ހުވާލައިދެއްވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން ފާހަގަކުރެވުނު އެންމެ ބޮޑު އެއްކަމަކީ، އައްޑު އަތޮޅުގެ "ބޮޑު" ތާއީދާކާއެކު ހޮވިފައިވާ ސަރުކާރުގައި އައްޑޫ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ބޭފުޅަކުނެތްކަމެވެ. މިއީ އެމްޑީޕީ މެޖޯރިޓީ އޮތް ސަރުކާރަކުން ފެނުނު ވަރަށް ތަފާތު ކަމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ދިޔާނާ ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި މިނިސްޓަރު ކަމާއި ސާރކްގެ ސެކެޓްރީ ޖެގެރަލްގެ މަގާމު އަދާކޮށްފަ

އައްޑު އަތޮޅަކީ ފެށުނީއްސުރެންވެސް އެމްޑީޕީ ސަޕޯޓަރުން ގިނަ އަދި އެމްޑީޕީން ވެސް ހާއްސަ ކަމެއް ގެންގުޅޭ އަތޮޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މިހާތަނަށް ވެސް އެމްޑީޕީގެ ބޮޑެތި ނިންމުން ތަކާއި، ހޮވުން ތަކުގައި އައްޑޫ އަތޮޅަށް ނިސްބަތް ވެވަޑައިގަންނަވާ ބޭފުޅުން ސާމިލް ކުރައްވައެވެ.

ރައީސް ނަޝީދު އެންމެ ފަހުން ވާދަ ކުރެެެއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމަނިކުފާނުގެ ރަނިން މޭޓަކަށް ވެސް އިހްތިޔާރު ކުރައްވާފައިވަނީ އައްޑޫ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭގެފަހުން މިއަހަރު ބޭއްވުނު އިންތިހަބުގައި އެމްޑީޕީ ޕްރައިމެރީގައި އެމަނިކުފާނު ބައިވެރި ވެވަޑައިގެންނެވި ނަޝީދުގެ ކެންޕެއިން މެނޭޖަރަކަށް ހަމަޖައްސަވާފައިވަނީ އަސްލަމްއެވެ. އަދި މިނިސްޓްރީ ތަކަށް ވެސް ވަނީ އައްޑޫ ބޭފުޅުން އައްޔަން ކުރައްވާފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އައްޑޫ ބޭފުޅުން ގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ.

ޑރ މުސްތަފާ ލުތުފީ - 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރައީސް ނަޝީދުގެ ރަނިންމޭޓް

ނަމަވެސް ކޯލިޝަންގެ ކެބިނެޓަށް މީގެ ކުރިން އަންނާނެ ކަމަށް ހީކުރެވިފައިވާ ދިޔާނާ ސައީދު ފަދަ އައްޑޫ ބޭފުޅުން ސަރުކާރުގެ އެންމެ އިސް މަގާމުތަކުން ނުފެނުމުން މިއީ އައްޑޫ އަތޮޅުގެ ބޮޑު މެޖޯރިޓީއަށް ދެވުނު ވަރަށް ބޮޑު ދެރައެއްކަމުގައި އެ ސަރަހައްދުގެ ގިނަ ބަޔަކު ދަނީ ސުޢޫރު ފާޅުކުރައްވަމުންނެވެ.

އަދި ކެބިނެޓުގައި ތައުލީމާއި ޤަބިލް ކަމަށް ނުބަލައި ނުފޫޒުގެ މައްޗައް ކެބިނެޓު ބަހާލާފައިވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މިހާރުވެސް ކެބިނެޓަށް ފާޑު ވިދާޅުވަމުންނެވެ.

އައްޑޫ އަސްލަމް - ޖަޒީރާ ރައީސް ގެ ކެންޕެއިން މެނޭޖަރ

އައްޑޫ އަތޮޅަކީ އެ އަތޮޅަކަށް އެތަކެއް އިލްމީ ބޭފުޅުންނެއް ނިސްބަތް ވެވަޑައިގަންނަވާ އަދި މީގެ ކުރިންވެސް ސަރުކާރުގެ އެތަކެއް މަގާމުތަކެއް ފުރުއްވާފައިވާ ރައްޔިތަކު ނިސްބަތްވާ އަތޮޅެއްކަމަކު މިފަހަރު އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ބޮޑު ކެބިނެޓުން ބޮޑު އައްޑު އަތޮޅަށް ދެެއްވީ ހަމަ ސުމެކެވެ.

Advertisement

ކޮމެންޓް

Advertisement