ޣައްޒާގެ ރައްޔިތުންނަށް މި ކެފޭއިން "ދިވެހިރާއްޖެ" ތަޖުރިބާކުރުމުގެ ފުރުސަތު!

18 Aug 2020 | 10:33

ފަލަސްތީނުގެ ޣައްޒާއަކީ ދިވެހިންނާއި ކިތަންމެ ދުރުގައި އޮތަސް ގާތުގައިވާ ތަނެކެވެ. އެތަނުގައި އުޅޭ އަޚުންނާއި އުޚުތުންނާއި މެދުގައި ދިވެހިންގެ ހިތްތަކުގައި ދެވިފައިވަނީ ޚާއްސަ ޖާގައެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުންނާއި މީސް މީޑިޔާގެ ވަސީލަތްތަކުގެ އަލީގައި ޣައްޒާގެ ރައްޔިތުންގެ ހިތްތަކުގައިވެސް ދިވެހިންގެ ނަން ހިނގައެވެ. ދިވެހިރާއްޖެ ދެކެ އެމީހުންވެސް ލޯބިވެއެވެ. 

މިއާއި އެކު ދާދިފަހުން ޣައްޒާގައި ވަނީ ދިވެހިރާއްޖެއަށް ނިސްބަތްކޮށް "މޯލްޑިވް ޣައްޒާ" ކެފޭއެއް ހުޅުވާފައެވެ. ތިން ބުރިއަށް ހަދާފައިވާ މި ކެފޭގައި ޓްރޮޕިކަލް ރަހަތަކުގެ ބުއިންތަކާއި، ޣައްޒާގެ ކަނޑުގެ ސަރަހައްދުން ހިފާފައިވާ ތާޒާ މަހުން ހަދާފައިވާ ކާއެއްޗެހި ލިބޭކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

ރޮއިޓާސްއާއި ވާހަކަދައްކަމުން މި ކެފޭގެ އެއް މަސްއޫލުވެރިޔާ އިމާދު އަލް ބައްޔާ ބުނީ ވިސްނުމަކަށް އައީ، ޣައްޒާގެ މީހުންނަށް ދިވެހިރާއްޖެއަށް ނުދެވޭނެތީ، އެމީހުންގެ ކައިރިއަށް ދިވެހިރާއްޖެ ގެނައުމަށް ކަމަށެވެ. އަދި މި ކެފޭގައި މިހާރު 1200 މީހުންގެ ޖާގަ އޮތްއިރު، އެތަން އިތުރަށް ތަރައްގީކުރުމުގެ ވިސްނުމެއްވެސް އެބަހުރިކަމަށް އޭނާ ބުންޏެވެ.

ޣައްޒާގައި ވަނީ ފަތުރުވެރިކަމުގެ މަޝްހޫރު ގިނަ ތަންތަނުގެ ނަމުގައި ކެފޭތައް ހުޅުވާފައެވެ.

Advertisement

ކޮމެންޓް