ދީޕިކާ އާއި ރަންވީރު ކައިވެންޏައްފަހު އެބުރި ގައުމަށް

18 Nov 2018 | 11:19

ނިމިދިޔަ ހަފްތާތެރޭ އިޓަލީގައި ކައިވެނި ކުރި ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ދީޕކާ ޕަޑުކޮން އަދި ރަންވީރު ސިންގް ކައިވެންޏައްފަހު މިއަދު އެނބުރި އިންޑިއާއަށް އަށް އައިސްފިއެވެ.

މި ދެމަފިރިން މުންބައި އެއާރޕޯޓުން ފެނުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ފޮޓޯނަގާފައެވެ. އަދި މިދެތަރިން ވަނީ ވަރުބަލިކަމެއްނެތި އުފަލާއެކު ފޮޓޯއަށް ހުއްޓިފައެވެ.

ދީޕިކާ މުށިކުލައިގެ ހަރުވާޅު ހެދުމެއްގައި ހުރި އިރު ރަނވީރު ލައިގެން ހުރީ ހަމަ އެކުލައިގެ ކުރުތާއަކާއި ފިޔާތޮށި ކުލައިގެ ޖެކެޓެކެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ދެތަރިން ވަނީ ދެފަހަރެއްގެ މަތިން ކައިވެނި ކޮއްފައެވެ. އެގޮތުން ކޮންކަނި އާދަކާދައާ އެއްގޮތައް ނޮވެމްބަރ 14 ގައި ކައިވެނި ކުރިއިރު ސިންދިގެ އާދަކާދައާއި އެއްގޮތަށް ނޮވެމްބަރ 15 ގައި ވަނީ ކައިވެނި ކޮއްފައެވެ.

މިދެކައިވެނީގެ ފޮޓޯވެސް މިދެތތަރިން ވަނީ އެމީހުންގެ ސަޕޯޓަރުންނާ މީސްމީޓިއާ ޒަރިއްޔާއިން ހިއްސާކޮއްފައެވެ.

ހަމައެހެންމެ މި ދެމަފިރިންވަނީ ކައިވެނި ވަލީމާއެއް ގޮތުގައި ދެޕާޓީއެއް އިންޑިއާގައި ބޭއްވުމައް ހަމަޖައްސާފައެވެ. ފުރަތަމަ ޕާޓީ އޮންނާނީ 24 ނޮވެމަބަރ ގައި ބެންގަލޫރުގައެވެ. ދެވަނަ ޕާޓީ ބާއްވަން ހަމަޖެހިފައިވަނީ 28 ނޮވެމްބަރ ގައި މުންބައިގައެވެ.

މިޕާޓީއިން ބޮލީވުޑްގެ މަޝްހޫރުތަރިންނާއި ޑިރެކްޓަރުންނާއި އެހެނިހެން ބޭއްފުޅުން ފެނިގެންދާނެކަމަށް ބެލެވެއެވެ.

މިދެތަރިންގެ މަސައްކަތައް ބަލާއިރު ދީޕިކާ މިވަގުތު ފިލްމެއް ނެއްކަމުގައި ވީނަމަވެސް ރަންވީރު ގެ "ސިމްބާ" ނަމަކައްކިޔާ ފިލްމެއް ވަރަށް އަވަހާ ރިލީސްވާނެއެވެ.

Advertisement

ކޮމެންޓް

Advertisement